ޚަބަރު

އެމެރިކާގެ ސިފައިންނާއި ގުޅިގެން"ބްލެކް މާލިން" ފަށައިފި

ފާރިހާ ޢަދުނާން ، ދެން އޮންލައިން
އެމެރިކާ ސިފައިންނާއި ދިވެހި ސިފައިން

އެމެރިކާގެ މޮންޓާނާ ނޭޝަނަލް ގާޑްގެ ސިފައިންނާއި ދިވެހި ސިފައިން ގުޅިގެން ބާއްވާ އެކްސަސައިޒް "ބްލެކް މާލިން" ގެ 4 ވަނަ އެޑިޝަން މިއަދު ފަށައިފިއެވެ.

Ads by STELCO

އެމްއެންޑީއެފްއިން ބުނީ، މިއަދުން ފެށިގެން މި މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދަން ތާވަލުކޮށްފައިވާ އެކްސަސައިޒް "ބްލެކް މާލިން" ގެ މި އެޑިޝަންގައި ފަސް އެސްއެމްއީއީ (ސަބްޖެކްޓް މެޓާ އެކްސްޕާޓް އެކްސްޗޭންޖް ޕްރޮގްރާމް) ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މި އެކްސަސައިޒްގެ ތެރޭގައި އިންޓެލިޖަންސް، ލޮޖިސްޓިކް، މެޑިކަލް، އީއޯޑީ، އަދި އިންފެންޓްރީއާ ގުޅުންހުރި އެސްއެމްއީއީ ކުރިއަށްގެންދަން ނިންމާފައިވާ ކަމަށް އެމްއެންޑީއެފްއިން ބުނެއެވެ. އެގޮތުން، އިންފެންޓްރީ އެސްއެމްއީއީ ލ. ކައްދޫގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް ބުނެފައިވެއެވެ. އަދި އެހެން ހުރިހާ އެސްއެމްއީއީތަކެއް ކުރިއަށް ދާނީ މާލޭގައި ކަމަށް ވެސް އެމްއެންޑީއެފްއިން ބުނެއެވެ.

މީގެއިތުރުން އެމްއެންޑީއެފްއިން ބުނީ، މި އެކްސަސައިޒަކީ، ބްރިގޭޑް ނުވަތަ ބެޓާލިއަން ލެވެލްގައި އިންޓަގްރޭޓެޑް ކްރޮސް ފަންކްޝަނަލް ސްޓާފުން ލީޑުކޮށް ބެލެހެއްޓުމަށް އެންމެ އެކަށޭނެ ޓީޓީޕީއެއް ފޯރުކޮށްދިނުމުގެ މަގްސަދުގައި "ފީލްޑް ގްރޭޑް އެކްސްޗޭންޖް ޕްރޮގްރާމް" ގެ ނަމުގައި އައު އެންޑީވާއެއް އެމްއެންޑީއެފާއި ޔޫއެސް އަސްކަރިއްޔާއާ ދެމެދު ކުރިއަށް ގެންދިއުމަށް ވަނީ ރާވާފައއިވާ ޕްރޮގްރާމެއް ކަމަށެވެ.

މި އެންޑީވާއާއެކު ސްޓާފް އޮފިސަރުންގެ ޒިންމާތަކާއި، މިލިޓަރީ ޕްލޭނިން ޕްރޮސެސްއާއި ޓްރެއިނިން މެނޭޖްމަންޓްގެ ކަންކަން ކުރިއަށްވުރެ ރަނގަޅަށް ދެނެގަތުމަށް މަގުފަހިވެގެންދާނެ ކަމަށް އެމްއެންޑީއެފްއިން ބުނެފައިވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!