Tuesday, 3 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

އައިޓީބީ ޗައިނާ ފެއާގައި އެމްއެމްޕީއާރްސީއަށް ހިލޭ ސައިދޭނެ ބަޔަކު ހޯދަނީ

އައިޓީބީ ޗައިނާ ފެއާގައި އެމްއެމްޕީއާރްސީއަށް ހިލޭ ސައިދޭނެ ބަޔަކު ހޯދަނީ

މި މަހުގެ 27 އިން 29ވަނަ ދުވަހުގެ ނިޔަލަށް ޗައިނާގައި އޮންނަ އައިޓީބީ ޗައިނާ ފެއާގައި، މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އަށް ސައި، ކޮފީ އަދި ބިސްކޯދު ފަދަ ތަކެތި ހިލޭ ފޯރުކޮށްދޭނެ ފަރާތެއް ހޯދަން އިއުލާނު ކޮށްފިއެވެ.

<a href="https://www.gazette.gov.mv/iulaan/288848">އެމްއެމްޕީއާރްސީއިން މިއަދު ކުރި އިއުލާނެއްގައި</a> ބުނީ، މި ހިދުމަތް ހިލޭ ދޭން ޖެހޭނީ އައިޓީބީ ޗައިނާ ފެއާގައި ހުންނަ ރާއްޖެ ތަމްސީލުކުރާ ސްޓޭންޑުގައި ކަމަށެވެ.

މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ އާދިއްތަ ދުވަހުގެ ހެނދުނު 10:00 ގެ ކުރިން މައުލޫމާތު ސާފުކުރުމަށް އެމްއެމްޕީއާރްސީއިން އެދިފައިވެއެވެ.

Advertisement
Allied — Dhen Online (box)

އިތުރަށް އެ އިއުލާނުގައި ބުނީ، އަންނަ އަންގާރަ ދުވަހުގެ ކުރިން މި ހިދުމަތް ދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހަޅަން އެދިފައިވެއެވެ.

މި އަހަރަށް ފާސްކުރި ބަޖެޓުގައި ރާާއްޖެ ޕްރޮމޯޓުކުރަން އެމްއެމްޕީއާރުސީއަށް 154.2 މިލިއަން ރުފިޔާގެ ބަޖެޓެއް ދީފައިވެ އެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް