އެއާޕޯޓަށް ފުލުހުން ނެރެ, ގަވައިދާ ހިލާފުވާ ޓެކްސީތަކަށް ފިޔަވަޅު އަޅަނީ
ވެލާނާ އިންޓަނޭޝަލް އެއާޕޯޓުގައި ގަވައިދާ ހިލާފަށް އަގު ނަގާ އަދި އަމަލުކުރާ ޓެކްސީތަކުގެ މައްސަލަ ހައްލުކުރަން ފުލުހުން ނެރެފި އެވެ.
ޓްރާންސްޕޯޓު މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ, ރާއްޖެ އަންނަ ފަތުރުވެރިންނަށާއި ދިވެހިންނަށް އެއާޕޯޓް ޓެކްސީ ކިއު އިން ކުރިމަތިވާ މައްސަލަތަކާ ގުޅިގެން އާންމު ރައްޔިތުންގެ ފަރާތުން އަންނަ ޝަކުވާތައް އެއްދުވަހުން އަނެއްދުވަހަށް ދަނީ އިތުރުވަމުން ކަމަށެވެ.
އެގޮތުން ވަކި މަންޒިލަކަށް ނޫނީ ދަތުރުކުރުމަށް ޓެކްސީ ޑްރައިވަރުން އުޒުރުވެރިވުމާއި، ދަތުރެއް ނެގުމަށް ފަހު އިތުރު ފަސިންޖަރުން އަރުވައިގެން ދަތުރުކުރުމާއި، މިނިސްޓްރީއިން ކަނޑައަޅާފައިވާ އަގުތަކަށް ވުރެ ބޮޑު އަގުގައި ޓެކްސީ ޑްރައިވަރުން ދަތުރު ކުރާކަމުގެ ގިނަ ޝަކުވާތައް ލިބެމުން ދާ ކަމަށް ބުނެފައިވެ އެވެ.
މިނިސްޓްރީން ބުނީ މި މައްސަލަ ހައްލުކުރުމަށް އެމްއޭސީއެލްއާއެކު މަސައްކަތް ކޮށް, ޓެކްސީތަކުގެ އަގުތައް ފަސޭހައިން ފެންނާނޭ ފަދައިން އެއާޕޯޓުގައި ބޯޑުތަކެއް ހަރުކުރެވިފައިވާ ކަމަށާއި އަދި ޓެކްސީގެ މައްސަލަތަކާ ގުޅިގެން ޝަކުވާ ހުށަހެޅުމަށް ކިއުއާރްކޯޑެއް ތައްޔާރުކޮށް މީގެ ކުރިން އާންމުކޮށްފައިވާނެ ކަމަށެވެ.
މި ކިއުއާރްކޯޑް މެދުވެރިކޮށް ޓެކްސީތަކާއި ޕްރައިވެޓް ހަޔަރގައި ޓެކްސީގެ ޚިދުމަތްދެމުންދާ ފަރާތްތަކުން އަމަލުކުރަމުންދާ ގޮތުގެ ގިނަ ޝަކުވާތަކެއް މިނިސްޓްރީއަށް ހުށަހަޅާފައިވާ ކަމަށާއި އެ މައްސަލަތައް ބެލުމަށް މިނިސްޓްރީއަށް ބޭނުންވާ މަޢުލޫމާތު ހޯދުމަށް މަސައްކަތް ކުރެވުނުނަމަވެސް ބައެއް މައްސަލަތަކުގެ މަޢުލޫމާތު ލިބިފައިނުވާ ކަމަށް މިނިސްޓްރީން ބުނެފައިވެ އެވެ.
"މިހާތަނަށް މިނިސްޓްރީއަށް ލިބިފައިވާ ޝަކުވާތަކުގެތެރެއިން މައްސަލަ ބެލުމަށް ބޭނުންވާ މަޢުލޫމާތު ނުލިބޭ މައްސަލަތައް ފިޔަވައި ބާކީހުރި ހުރިހާ ޝަކުވާތަކާ ގުޅިގެން މައްސަލަ ބަލައި ފިޔަވަޅު އަޅަންޖެހޭ ފަރާތްތަކާމެދު ފިޔަވަޅު އަޅާފައި," މިނިސްޓްރީން ބުނެފައިވެ އެވެ.
އާންމުންގެ ޝަކުވާތައް އަދިވެސް ގިނަވަމުން އަންނާތީ ކަމާ ގުޅޭ މުވައްސަސާތަކާއެކު އިއްުޔެ ބައްދަލުކޮށް, އަވަސް މަޝްވަރާތަކެއް ކުރެއްވި މިކަން މެނޭޖުކުރާނެ ގޮތުގެ ޕްލޭނެއް އެކުލަވާލާފައިވާ ކަމަށް ޓްރާންސްޕޯޓުން ބުންޏެވެ.
މި ޕްލޭންގެ ދަށުން ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން އެއާޕޯޓުގައި ހަރަކާތްތެރިވާން ފަށައި ގަވާއިދާ ޚިލާފަށް އެއާޕޯޓުގައި ހަރަކާތްތެރިވަމުންދާ ޓެކްސީތަކާމެދު ވަނީ ފިޔަވަޅު އަޅަން ފަށާފައިވާ ކަމަށް ބުނެފައިވެ އެވެ.
މީގެ އިތުރުން ގަވައިދާ ހިލާފަށް ޓެކްސީކުރުމުގައި ހަރަކާތްތެރިވާ ބިދޭސީންނާ މެދު ވެސް ހަރުކަށި ފިޔަވަޅުތަކެއް އަޅަން މި ޕްލޭންގެ ދަށުން ނިންމާފައިވާ ކަމަށް ބުނެފައިވެ އެވެ.
ފުލުހުން ނެރެގެން ކިހިނެއް ހައްލުވާނީ.. ތިޔަ ކިޔުގެ 50 ޕަސަންޓް ފުލުހުންނާ ސިފައިން..
ތިތަނުގައި ގިނަވާނީ ފުލުހުން ކީއްކުރަން އަނެއްކާ ނެރެނީ