Tuesday, 3 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ޖިހާދާއި ޑީޑީ މަގާމުން ވަކިކުރަން ޓްރާންސްޕޭރެންސީއިން ގޮވާލައިފި

ޖިހާދާއި ޑީޑީ މަގާމުން ވަކިކުރަން ޓްރާންސްޕޭރެންސީއިން ގޮވާލައިފި

ކުރީގެ ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދާއި ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުﷲ ދީދީ މަގާމުން ވަކިކުރަން ޓްރާންސްޕޭރެންސީ މޯލްޑިވްސްއާއި އެހެނިހެން މަދަނީ ޖަމިއްޔާތަކުން ގޮވާލައިފިއެވެ.

ރިޝްވަތު ހިފި މައްސަލަތަކެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބެލުމަށް ފަހު، ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން ރައްޔިތުންގެ މަޖިލީހުން ވަކިކޮށްފައިވަނިކޮށް އަބްދުالله ޑީޑީ ވަނީ ރައީސް އޮފީހުގެ ލީގަލް ކައުންސިލަކަށް އައްޔަންކޮށްފައެވެ.

ޖިހާދު އައްޔަން ކޮށްފައިވަނީ މި ސަރުކާރުން އުފެއްދި މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސް އޮތޯރިޓީގެ ޗެއާމަނަކަށެވެ.

Advertisement
Allied — Dhen Online (box)

އެ ޖަމިއްޔާތަކުން ގުޅިގެން ނެރުނު ނޫސްބަޔާނެއްގައި މިއަދު ބުނީ މި ދެ މީހުންނަކީ ވެސް ވައްކަމާއި ކޮރަޕްޝަންގެ ތުހުމަތު މީގެ ކުރިން ކުރެވިފައިވާ ދެ މީހުން ކަމަށެވެ.

ކޮރަޕްޝަނުގެ ތުހުމަތުކުރެވޭ ދެ މީހަކު ސަރުކާރުގެ އިސް މަގާމުތަކަށް އައްޔަނުކުރުމަކީ، ކޮރަޕްޝަނާއި ކުށްކުރާ މީހުންނަށް އަދަބު ނުލިބުން ހުއްޓުވަން ސަރުކާރުން ބޭނުންވާ ކަމާމެދު ސުވާލު އުފެދޭ ކަމެއްގެ ގޮތުގައި ޖަމިއްޔާތަކުން ވަނީ ފާހަގަކޮށްފައެވެ.

ބަޔާނުގައި ބުނީ މިފަދަ ނިންމުންތަކުގެ ސަބަބުން ނުފޫޒު ފޯރުވަން މަގުފަހިވެ، ކޮރަޕްޝަނުގެ ތުހުމަތުކުރެވޭ އޮފިޝަލުންގެ ތަހުގީގުތަކަށް ހުރަސްއެޅި، ދައުލަތުގެ އިދާރާތަކާއި ޝަރުއީ ނިޒާމާއި ތަހުގީގު ކުރާ އިދާރާތަކަށް ރައްޔިތުންގެ ކުރާ އިތުބާރު ކުޑަވެގެން ދާނެ ކަމަށެވެ.

ބަޔާނުގައި ވަނީ ކޮރަޕްޝަންގެ ތުހުމަތު ކުރެވޭ މީހުން މަގާމުން ވަކިކުރުމުގެ އިތުރުން، ގާބިލިއްޔަތު ވަޒަންކުރުމަށް ފަހު ސިޔާސީ މަގާމުތަކަށް މީހުން އައްޔަނުކުރުމަށް ގޮވާލައިފައެވެ. ކޮރަޕްޝަންގެ ތުހުމަތުކުރެވޭ މީހުންގެ މައްސަލަތައް މިހާރަށް ވުރެ ދެފުށް ފެންނަ ނިޒާމެއްގެ ތެރެއިން ބެލޭނެ ގޮތް މަހުފަހިކޮށްދީ، އިދާރާތައް އިތުރަށް ބާރުވެރިކުރުވުމަށް ވެސް ގޮވާލާއިފައިވެއެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް