ކެނެބިސް ޓްރެފިކް ކުރި މީހަކު ހޯދަނީ
ކެނެބިސް ޓްރެފިކް ކުރި މައްސަލައެއްގައި ދިވެހި ފިިރިހެނެއްގެ ފޮޓޯ އާއި ވަަނަވަރު އާންމުކޮށް އޭނާ ކޯޓަށް ހާޒިރުކުރުމަށް ހޯދަން ފުލުހުން އިއުލާނުކޮށްފި އެވެ.
ފޮޓޯ އާއި ވަަނަވަރު އާންމުކޮށް، ހޯދަން އިއުލާނުކޮށްފައި ވަނީ ސ. ހިތަދޫ / ހަޒާރުމާގެ، މުޙައްމަދު އުބާދަތު ޙުސައިން (29އ) އެވެ.
ފުލުހުން ބުނެފައިވަނީ އޭނާ ހޯދަމުންދަނީ ކެނެބިސް ޓްރެފިކް ކުރުމުގެ މައްސަލައާ ގުޅިގެން ކޯޓަށް ހާޒިރުކުރުމަށް ބޭނުންވެ ހާޒިރުކުރެވިފައި ނުވާތީ، ބަންދުގައި ބަހައްޓައިގެން 2024 މެއި 13 ވަނަ ދުވަހުގެ 13:00 އަށް ކްރިމިނަލް ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާ ގުޅިގެން ކަމަށެވެ.
މުޙައްމަދު އުބާދަތު ޙުސައިންއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ މީހަކު ވާނަމަ ފުލުހުންގެ ކަސްޓޯޑިއަލް ނަންބަރު 9991442 އަށް ގުޅުއްވައި ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފަ އެވެ.
މިފަދަ ކަންކަމުގައި އާންމު ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުމަށް ފުލުހުން ވަނީ ޝުކުރު ދަންނަވައިފަ އެވެ.