ޚަބަރު ސަރުކާރު

ނަރުހުންގެ މަސައްކަތްތައް ބަލައިގަންނަނީ ޝުކުރުން ފުރިގެންވާ ހިތަކައިގެން: ނައިބު ރައީސް

ރައުފާ ރަޝީދު ، ދެން އޮންލައިން

ނަރުހުންގެ މަސައްކަތްތައް ބަލައިގަންނަނީ ޝުކުރުން ފުރިގެންވާ ހިތަކައިގެން ކަމަށް ނައިބު ރައީސް ހުސައިން މުޙައްމަދު ވިދާޅުވެއްޖެ އެވެ.

Ads by Sosun Fihaara

މިއަދު ފާހަގަކުރަމުންދާ ނަރުހުންގެ ދުވަހުގެ މުނާސަބަތުގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނައިބު ރައީސް ވިދާޅުވީ ނަރުހުންނަކީ ޞިއްޙީ ދާއިރާގައި އެންމެ ބުރަކޮށް އަދި ބަލިމީހުންނާ އެންމެ ގާތުން މަސައްކަތްކުރާ ހިތްވަރުގަދަ ބޭފުޅުންކަމާމެދު އެއްވެސް ޝައްކެއް ނެތް ކަމަށެވެ.

"ތިޔަ ޚިދުމަތްތެރީންގެ އަގުހުރި މަސައްކަތް އަޅުގަނޑުމެން ބަލައިގަންނަނީ ޝުކުރުން ފުރިގެންވާ ހިތަކައިގެން" ނައިބު ރައީސް ވިދާޅުވި އެވެ.

ނަރުހުންގެ ދުވަހުގެ މުނާސަބަތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދެއްވި މެސެޖުގައި ވެސް ވަނީ ނަރުހުންގެ ޙިދުމަތުގައި އެންމެ ކުރީ ސަފުގައި ތިބެ ނަރުހުން އަދާކުރަނީ ޤައުމީ ވާޖިބެއް ކަމަށެ ވިދާޅުވެފަ އެވެ.

ނަރުހުންގެ ދުވަސް ކޮންމެ އަހަރަކުވެސް ދުނިޔޭގެ ފެންވަރުގައި ފާހަގަކުރަނީ 12 މެއި ގައެވެ. މިއަހަރުގެ ނަރުހުންގެ ދުވަހުގެ ޝިއާރެއްގެގޮތުގައި އިންޓަރނޭޝަނަލް ކައުންސިލް އޮފް ނަރސަސްއިން ކަނޑައަޅާފައިވަނީ "އަވަރ ނަރސަސް، އަވަރ ފިއުޗަރ. ދަ އިކޮނޮމިކް ޕަވަރ އޮފް ކެއަރ" އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!