ސަރުކާރު

ގަތަރުގެ ބޮޑުވަޒީރާއި ޒަމީރު ބައްދަލުކުރައްވައިފި

ފާރިހާ ޢަދުނާން ، ދެން އޮންލައިން
މިނިސްޓަރ ޒަމީރު ގަތަރުގެ ބޮޑުވަޒީރާއި ބައްދަލުކުރައްވަނީ ، ފޮޓޯ: ފޮރިން މިނިސްޓްރީ

ގަތަރުގެ ބޮޑުވަޒީރު އަދި އެ ގައުމުގެ ފޮރިން މިނިސްޓަރު މުހައްމަދު ބިން އަބްދުއްރަހްމާން އަލް ތާނީއާ ރާއްޖޭގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރު ބައްދަލުުކުރައްވައިފިއެވެ.

Ads by STELCO

މިއަދު ބޭއްވި މި ބައްދަލުވުމުގައި މިނިސްޓަރު ވަނީ ރާއްޖެއާއި ގަތަރުގެ ގުޅުމާ ގުޅޭ ގޮތުން ވާހަކަދައްކަވައިފައެވެ. އެގޮތުން، ރާއްޖެއާއި ގަތަރާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހި ކުރުމަށް ވެސް ދެ ބޭފުޅުން މަޝްވަރާ ކުރައްވާފައިވެއެވެ.

މީގެެއިތުރުން މިނިސްޓާ ވަނީ ރާއްޖޭގެ އިގްތިސޯދަށް ގަތަރުން ފޯރުކޮށްދޭ އެހީތެރިކަމަށް ޝުކުރު އަދާ ކުރައްވާފައެވެ. އަދި ދެފަރާތުގެ މަސްލަހަތު އޮތް ބައިލެޓަރަލް އަދި މަލްޓިލޭޓަރަލް ދާއިރާތަކުގައި ބިނާކުރަނިވި ގޮތެއްގައި މަސައްކަތް ކުރުމަށް ދެ ގައުމު ގުޅިގެން މަސައްކަތް ކުރުމަށް ވެސް ވަނީ ނިންމާފައެވެ.

ގަތަރަށް ޒަމީރު ކުރެއްވާ މި ދަތުރުގައި، އަރިހުގައި ސެކްރެޓަރީ، ބައިލެޓަރަލް ޑރ ހާލާ ހަމީދާއި، އެމްބެސެޑާ އެޓް ލާޖް ޑރ ފަޒީލް ނަޖީބާއި އެސިސްޓެންޓް ޑިރެކްޓާ ލަމްހާ ސަލީމް ބައިވެރިވެވަޑައިގެންނެވިއެވެ.

މިއަހަރަކީ ރާއްޖެއާއި ގަތަރާ ދެމެދު އޮތް ގުޅުމަށް 40 އަހަރު ފުރޭ އަހަރެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!