ސްކޫލުތަކަށް ދަރިވަރުން ވެއްދުމަށް އިތުރު ފުރުސަތެއް

މާލޭ ސްކޫލްތަކަށް ދަރިވަރުން ވެއްދުމަށް ހުޅުވާލި ފުރުސަތު އެޑިއުކޭޝަން މިނިސްޓްރީން އިތުރުކޮށްފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ ރަސްމީ އެކައުންޓުން ''އެކްސް'' ގައި ކުރި ޕޯސްޓެއްގައި ބުނީ، މާދަމާ އިން ފެށިން ބުރާސްފަތި ދުވަހުގެ މެންދުރުފަހު 2:00 ގެ ނިޔަލަށް މާލޭ ސަރަހައްދުގެ ސްކޫލުތަކަށް އަލަށް ދަރިވަރުން ވެއްދުމުގެ މުއްދަތު އިތުރު ކުރުމަށް ނިންމާފައިވާ ކަމަށެވެ.
އެއް ސުކޫލުން އަނެއް ސުކޫލަށް ބަދަލު ކުރުމުގެ ފޯމު ހުށަހެޅުމުގެ މިނިސްޓްރީން ހުޅުވާލާފައިވަނީ ސަރުކާރު ސުކޫލެއްގެ ފައުންޑޭޝަން ސްޓޭޖްގެ ކުލާހަށް ވައްދަން ބޭނުންވާ ދަރިވަރުންނަށާއި، ގްރޭޑް އެކަކަށް އަލަށް ވައްދަން ބޭނުންވާ ދަރިވަރުން އަދި ޕްރައިވެޓް ސުކޫލަކުން ސަރުކާރު ސުކޫލަކަށް ބަދަލުވާން ބޭނުންވާ ދަރިވަރުންގެ އިތުރުން ރާއްޖެއިން ބޭރުގެ ގައުމެއްގައި އުޅެފައި ރާއްޖެއަށް ބަދަލުވެ، ސަރުކާރު ސުކޫލަކަށް ވަންނަން ބޭނުންވާ ދަރިވަރުންނަށެވެ.
މިނިސްޓްރީން ބުނީ އެ މުއްދަތުގައި ބަލައިގަންނާނީ އެ ފަރާތްތަކުގެ ފޯމް އެކަނި ކަމަށެވެ.
މާލެ ސަރަހައްދުތަކުގެ ސުކޫލުތަކަށް އަލަށް ގްރޭޑު އެކަކަށް ދަރިވަރުން ވެއްދުމަށް އެދި އެކަނިވެސް 2000 އަށް ވުރެ ގިނަ ފޯމު ލިބިފައިވާ ކަމަށް މިނިސްޓްރީން ވަނީ މީގެ ކުރިން ހާމަކޮށްފަ އެވެ.
ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުމަށް ހަމަޖެހިފައިވަނީ މި މަހުގެ 26 ގަ އެވެ.