Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

މިޑިއާ ކައުންސިލްގެ އާންމު މެންބަރު ކަމަށް ކުރިމަތިލާން ހުޅުވާލައިފި

މިޑިއާ ކައުންސިލްގެ އާންމު މެންބަރު ކަމަށް ކުރިމަތިލާން ހުޅުވާލައިފި

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ގެ އާންމު މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މިނިސްޓްރީ އޮފް ޔޫތު އެމްޕަވަމަންޓް، އިންފޮމޭޝަން އެންޑް އާޓްސްއިން މިއަދު ސަރުކާރުގެ ގެޒެޓްގައި ކުރި <span style="text-decoration: underline;"><a href="https://www.gazette.gov.mv/iulaan/290169">އިއުލާނެއްގައި</a></span> ބުނީ، އެ ފުރުސަތު ހުޅުވާލައިފައިވަނީ އެމްއެމްސީގެ އާންމު މެންބަރުންގެ ތެރެއިން އިތުރު މެންބަރެއްގެ މަގާމް ހުސްވެފައިވާތީ ކަމަށެވެ.

އިތުރަށް އެ އިއުލާނުގައި ބުނީ، އާންމު މެންބަރުންގެ ގޮތުގައި ބަލާނީ މީޑިއާއާ ގުޅުންހުރި އެއްވެސް ދާއިރާއެއްގައި މަސައްކަތް ނުކުރާ ފަރާތްތަކަށް ކަމަށެވެ. އަދި މީގެ އިތުރުން ވެސް އާންމު މެންބަރުކަމަށް ކުރިމަތިލެވޭނީ ވަކި ޝަރުތުތަކެއް ހަމަވާ ފަރާތްތަކެއްކަން ފާހަގަކޮށް، އެ ޝަރުތުތައް އިއުލާނުގައި ބަޔާންކޮށްފައިވެއެވެ.

Advertisement
Ooredoo — Truecaller (box)

ކައުންސިލުގެ މެންބަރުންގެ މުއްދަތަކީ މީލާދީ ދެ އަހަރެވެ. އަދި އެއްވެސް ފަރާތަކަށް ކައުންސިލުގެ މެންބަރުކަމުގައި ވިދިވިދިގެން ދެ ދައުރު އަދައެއް ނުކުރެވޭނެ ކަމަށް ވެސް މިނިސްޓްރީގެ އިއުލާނުގައި ބުނެފައިވެއެވެ.

މީޑިއާ ކައުންސިލުގެ އާންމު މެންބަރުކަމަށް އެދޭ ފަރާތްތަކުން އަންނަ ހަފްތާގެ ބުރާސްފަތި ދުވަހުގެ 14:00ގެ ކުރިން، މީޑިއާ ކައުންސިލް އިންތިހާބުގައި މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމު މިނިސްޓްރީއަށް މެއިލް މެދުވެރިކޮށް ހުށަހެޅުމަށް އެ <a href="https://www.gazette.gov.mv/iulaan/290169">އިއުލާނުގައި</a> ބުނެފައިވެއެވެ.

މީޑިއާ ކައުންސިލް އެކުލެވިގެން ވަނީ 15 މެމްބަރުންގެ މައްޗަށެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް