ޚަބަރު

ގެއްލުނު ދޯނި ހޯދަން މޯލްޑިވިއަންގެ މަތިންދާ ބޯޓެއް ބޭނުންކުރަން ފަށައިފި

އައިކާ ޔުނާން ، ދެން އޮންލައިން

އިއްޔެ ހެނދުނު ކ. ތިލަފުށިން ފުރައިގެން މ.މެދުފުށި އައިލެންޑް ރިޒޯޓަށް ދަތުރުކުރަމުން ދަނިކޮށް ގެއްލުނު ''އޭއޭއޭ-37'' ނަމަކަށް ކިޔާ މުދާ އުފުލާ ދޯނިން ހަތަރު މީހުން ދަތުރުކުރި ކަމަށާއި، އެ ދޯނި ހޯދުމުގެ މަސައްކަތުގައި މޯލްޑިވިއަން ފުލައިޓެއް ވައިގެމަގުން ހަރަކާތްތެރިވާން ފަށާފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ. 

Ads by STELCO

އެމްއެންޑީއެފުން މިއަދު ހެނދުނު މައުލޫމާތު ދީފައިވާ ގޮތުން އެ ދޯނިން ދަތުރުކުރީ 3 މީހުންނެވެ. ނަމަވެސް ދާދި ދެންމެ އެކު އެމްއެންޑީއެފުން ބުނީ ދޯނިން 4 މީހަކު ދަތުރުކޮށްފައިވާ ކަމަށެވެ.

ކ.ތިލަފުށިން، ފުރި އެ ދޯނީގެ ހަބަރެއް އިއްޔެ ހެނދުނު 06:00 ހާއިރު ނުވެގެން، އެކަމުގެ މައުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑު މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓާ (އެމްއާރުސީސީ) އަށް  ރިޕޯޓްކޮށްފައިވަނީ އިއްޔެ 17:20 ހާއިރުއެވެ.

އެ ދޯނި ހޯދުމުގެ މަސައްކަތުގައި އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ޝަހީދު އަލީ ދަނީ ހަރަކާތްތެރިވަމުންނެވެ.

ދޯންޏާއި ބެހޭ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ އެމްއެންޑީއެފް ކޯސްޓްގާޑުގެ ހިލޭ ގުޅޭ ނަމްބަރު 191 ގުޅައި މައުލޫމާތު ހިއްސާކުރުމަށް ސިފައިން އެދެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!