ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުން އުފެއްދި މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަ ބަލާ ރިޔާސީ ކޮމިޝަންގެ މަސައްކަތްތައް ނިމި ރިޕޯޓު ހަވާލު ކުރުމުން އެ ރިޕޯޓު އާންމު ކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނެފި އެވެ.
ރައީސް ޞާލިހުގެ ވެރިކަން ނިމުނުއިރު މަރު ކޮމިޝަންގެ މަސައްކަތްތައް ނުނިމެ އެވެ. އެހެންވެ ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވީ އެ ކޮމިޝަންގެ މުއްދަތު މިހިނގާ މެއި މަހުގެ ނިޔަލަށް ދަންމައިލާށެވެ.
ރާއްޖެއާއި ބައިނަލްއަގުވާމީ ޖަމިއްޔާތައް ހިމެނޭހެން ޖުމްލަ 10 ޖަމިއްޔާއަކުން ވަނީ މަރު ކޮމިޝަންގެ ހޯދުންތައް އާންމު ކުރަން ގޮވާލައިފަ އެވެ. މިކަމާއި ގުޅޭގޮތުން ރައީސް އޮފީހުން މިއަދު ބުނީ މަރު ކޮމިޝަންގެ ރިޕޯޓު ލިބުނުހާ އަވަހަކަށް މައުލޫމާތުތައް އާންމު ކުރާނެ ކަމަށެވެ.
މަރު ކޮމިޝަނުން މީގެ ކުރިން ބުނީ މިމަހުގެ ނިޔަލަށް މަސައްކަތްތައް ނިންމައި ރައީސް އޮފީހާއި ރިޕޯޓު ހަވާލު ކުރާނެ ކަމަށެވެ. މަރު ކޮމިޝަން އުވައިލާނީ ރިޕޯޓު ރައީސް އޮފީހާއި ހަވާލު ކުރުމަށްފަހު އެވެ.
މަރު ކޮމިޝަނުން ގެންދަނީ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ އާއި ބްލޮގަރު ޔާމީން ރަޝީދުގެ މަރުގެ މައްސަލަވެސް ތަހުގީގު ކުރަމުންނެވެ. 2 އަހަރުގެ ތެރޭގައި އެ ކޮމިޝަންގެ މަސައްކަތްތައް ނިންމާނެކަމަށް ރައީސް ޞާލިހުގެ ސަރުކާރުން ބުނިނަމަވެސް ވެރިކަން ނިމުނުއިރުވެސް މަސައްކަތްތައް ނިމިފައި ނުވެ އެވެ.
މަރު ކޮމިޝަން އުފެއްދީ ރައީސް ޞާލިހު ވެރިކަމަށް ވަޑައިގެން ފުރަތަމަ މަސްދުވަހުގެ ތެރޭގަ އެވެ.
މަރު ކޮމިޝަންގެ މަސައްކަތްތައް 5 އަހަރު ވީއިރުވެސް ނިމިފައި ނުވާއިރު ދައުލަތުގެ ބަޖެޓުން އެތައް މިލިއަން ރުފިޔާއެއް މި ކޮމިޝަންގެ މެމްބަރުންނަށް ވަނީ ހަރަދުކޮށްފަ އެވެ.
ތިޔަކޮމިސަނަކީ ރިޒްވާނާއިއަފްރާސީމް ގެ މައްސަލާގެ ހަގީގަތް ހޯދުމަށް ހެދި ކޮމިސަނެއްނޫން.އެކަން ކުރި މީހުން ސަލާމަތް ކޮށް އެހެން ބަޔަކުގެ ބޮލުގަ އަޅުވަން ހިންގި ޖަރީމާއެއް.އެކަން ނުވީމަ ރިޒްވާނު އާއި އަފްރާސީމް ގެ ރިޕޯޓް ނަސީދު ބުނިގޮތަށް ހަދާފަ ނަސީދަށް ދިނީމަ ފަނޑިޔާރުކަންދިނީ.އަފްރާސީމް އާ ރިޒްވާން އެއީ ނަސީދު ހިންގި ދެ ޖަރީމާކަމަށް ތުހުމަތުވޭ.