ބޮލީވުޑް މުނިފޫހިފިލުވުން

އަނެއްކާވެސް ކަރަން ޖޯހަރް ހޫނު ފެނަށް!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އިންޑިއާގެ ފިލްމް ޕްރޮޑިއުސަރ ކަރަން ޖޯހަރް އަކީ، މަޝްހޫރުކަން ލިބިފައިވީ ނަމަވެސް މީހުންގެ މަގުބޫލުކަން އެވަރަށް ލިބިފައިވާ މީހެއް ނޫނެވެ.

Ads by MWSC

އެކަން ސާބިތުވާ އެއްގޮތަކީ، ދުވަސް ކޮޅުކޮޅުން މީހުން އޭނާއަށް ހަޖޫ ޖަހާ، މީސް މީޑިއާގައި ޓްރޯލް ވެސް ކުރުމެވެ. އުމުރުގެ އެހިސާބަށް ދިޔައިރު އޭނާ އަދިވެސް ކައިވެންޏެއް ނުކޮށް ހުރުމާއި، ސަރޮގޭޓް ކޮށްގެން ދެ ދަރިން ހޯދުމާއި، އޭނާ ހެދުން އަޅާ ގޮތަށް ވެސް މީހުން ޖޯކު ޖެހިއެވެ.

ކަރަން ޖޯހަރް އަށް މީހުން ޖޯކު ޖެހި ނަމަވެސް، އޭނާގެ ފިލްމުތަކަށް މީހުން ދިޔައީ ތަރުހީބު ދެމުންނެވެ. އެކަމަކު އެކަން ވަނީ އެކްޓަރ ސުޝާންތު ސިންގް ރާޖްޕޫތުގެ މަރާއެކު ގެއްލިގެން ގޮސްފައެވެ.

ސުޝާންތު އަމިއްލައަށް މަރުވާން ނިންމުމުގައި ކަރަން ޖޯހަރް ވެސް ޒިންމާ ވާން ޖެހޭ ކަމަށް މީހުން ދިޔައީ ބުނަމުންނެވެ.

މީސްމީޑިއާގައި ގިނަ ބަޔަކު މިކަމާއި ގުޅިގެން އެއްޗެހި ގޮވުމުން، ކަރަން ވަނީ އޭނާގެ އިންސްޓަގްރާމަށް އެންމެންނަށް ކޮމެންޓު ނުކުރެވޭ ގޮތް ހަދާފައެވެ. އަދި ދުވަސްކޮޅެއް ވަންދެން ކަރަން އުޅުނީ ވެސް މީސް މީޑިއާ އާއި ދުރުގައެވެ.

ސްޝާންތުގެ މަރަށްފަހު މީސްމީޑިއާ އާއި ދުރަށް ދިޔަ ކަރަންގެ މީޑިއާ ޕޯސްޓެއް ފެނިފައިވަނީ އިންޑިއާ ކުރީ ރައީސްގެ މަރާއި ގުޅިގެންނެވެ. ރައީސް ޕްރަނާބް މުކަރްޖީގެ މަރާއި ގުޅިގެން ކަރަން ޖޯހަރް ވަނީ ޓްވިޓާ މެދުވެރިކޮށް ޕްރަނާބް ގެ ޢާއިލާއަށް ތަޢުޒިޔާ ފޮނުވާ، ހިތާމައިގައި ބައިވެރިވެފައެވެ.

ނަމަވެސް އެކަމުން ވެސް މީހުންގެ ފާޑު ކިޔުން އޭނާއަށް އަމާޒު ނުވާނެ ގޮތެއް ނުވިއެވެ. މީހުން އޭނާ ޓްރޯލް ކުރަމުން ބުނީ އެއްގޮތަކަށް ވެސް މީސްމީޑިއާ ބޭނުން ނުކުރުމަށާއި އަރާމު ކުރުމަށް ނަސޭޙަތްތެރިވާ ކަމަށެވެ.

 

 

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!