ޚަބަރު ސަރުކާރު

ރަނގަޅު ތައުލީމު ފޯރުކޮށްދެވޭނީ ފެންވަރު ރަނގަޅު މުދައްރިސުން ތިބެގެން: މިނިސްޓަރ

ރައުފާ ރަޝީދު ، ދެން އޮންލައިން

ރަނގަޅު ތައުލީމާއި ތަރުބިއްޔަތު ދަރިވަރުންނަށް ފޯރުކޮށްދެވޭނީ ފެންވަރު ރަނގަޅު މުދައްރިސުން ތިބެގެން ކަމަށް އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވެއްޖެ އެވެ.

Ads by Sosun Fihaara

ދިރާސީ އައު އަހަރުގެ ކިޔެވުން ފެށުމާއި ގުޅިގެން މިނިސްޓަރ ޝަފީއު ދެއްވި ހިތާބުގައި ވިދާޅުވީ ތައުލީމީ ނިޒާމަށް މިއަދު ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ފެންވަރު ރަނގަޅު ޓީޗަރުން މަދުވުމުގެ މައްސަލަ ކަމަށެވެ.

އެކަން ހައްލުކުރުމަށްޓަކައި ޓީޗަރުން ސްކޫލުގައި ހޭދަކުރާ މަސައްކަތުގެ ވަގުތު ވަކި މިންގަނޑެއްގައި ހިފެހެއްޓުމުގެ އިތުރަށް ރާއްޖޭގެ ސްކޫލުތަކުގައި ކިޔަވައިދޭ ޓީޗަރުންނަކީ ދިވެހި ޓީޗަރުންނަށް ހެދުމަށް ގައުމީ ފެންވަރުގައި މުދައްރިސުން ތަމްރީނުކުރުރުމުގެ ޕްރޮގްރާމެއް މި ދިރާސީ އަހަރުގެ ތެރޭގައި ފަށާނެ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

މިނިސްޓަރ ވިދާޅުވީ ދިވެހި އިސްލާމީ ގައުމުގެ މިނިވަންކަމާއި އިސްތިގުލާލަށް ރައްކާތެރިވާ، އިސްލާމް ދީން ދެކެ ލޯބިވާ، ދިވެހި ގައުމާއި މެދު ފަހުރުވެރިވާ، ދިވެހި ވަންތަކަންހުރި ދިވެހި ދަރީން ބިނާކުރުމުގެ އާ ވިސްނުންތަކެއް ތައުލީމީ ނިޒާމަށް ގެނައުމުގެ ބޭނުންތެރިކަން ބޮޑުވެފައިވާ ކަމަށެވެ.

ދިވެހި ދަރީން ބިނާކުރުމުގެ އާ ވިސްނުންތަކެއް ތައުލީމީ ނިޒާމަށް ގެނައުމުގެ މަތިވެރި މަގުސަދުގައި ތައުލީމީ މަންހަޖުގެ ތެރެއިން ދިވެހިރާއްޖޭގެ ސަގާފަތާއި ތަރިކައިގެ އަގުވަޒަން ކުރާ ގައުމީ ބަހާތަކަށް އިސްކަންދޭ ފަރުދީ އަދި ވަތަނީ ޒިންމާތައް އަދާ ކުރުމަށް ބޭނުންވާ މައުލޫމާތާއި ހުނަރާއި ސިފަތައް ހުރި ދަރިވަރުން ބިނާކުރުމުގެ މަސައްކަތަށް އިތުރު ސަމާލުކަމެއްދީ ގައުމުދެކެ ލޯބިވާ ފަރުދުންތަކެއް ބިނާކުރުމުގެ މަސައްކަތް ފަށާފައިވާކަމަށް ޝަފީއު ވިދާޅުވި އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!