ޚަބަރު

މަޖިލީހުގެ އާ މެންބަރުންނަށް އިންޑަކްޝަން ޕްރޮގްރާމެއް ބާއްވައިފި

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން
މަޖިލިސް 20، ގެ ހުވަދު އަތޮޅު މެންބަރުން - ފޮޓޯ: މަޖިލިސް

ވިހިވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބީ މެންބަރުންނަށް މަޖިލީހުގެ މަސައްކަތްތައް ތައާރަފުކޮށްދިނުމުގެ ގޮތުން އިންޑަކްޝަން ޕްރޮގްރާމެއް މިއަދު ބާއްވައިފިއެވެ.

Ads by MWSC

މަޖިލީހުގެ ސެކްރެޓޭރިއަޓްގެ ސޯޝަލް މީޑިއާ ރަސްމީ އެކައުންޓްތަކުން ވަނީ މިއަދު މަޖިލީހުގެ ތަޅުމުގައި އޮތް އެ ޕްރޮގްރާމްގެ ފޮޓޯ އަދި ވީޑިއޯ ޕޯސްޓްކޮށްފައެވެ. އިންތިހާބީ މެންބަރުން، އިންތިހާބީ ދާއިރާގެ ގޮނޑިތަކުގައި ތިއްބެވިއެވެ.

އަންނަން އޮތް މަޖިލީހަކީ ސަރުކާރު ހިންގާ ޕީއެންސީގެ ސުޕަ މެޖޯރިޓީގެ މަޖިލީހެކެވެ. އެ މަޖިލީހުގައި ސަރުކާރުން ބޭނުންވާ ގޮތަކަށް ވޯޓު ދެއްވާ 79 މެންބަރުން ތިއްބަވާނެއެވެ. އެއީ ޕީއެންސީގެ 75 މެންބަރުންނާއި ސަރުކާރާ ގުޅިފައިވާ އެހެން ޕާޓީތަކުގެ ހަތަރު މެންބަރެކެވެ.

އެ މަޖިލީހުގައި ޖުމުލަ 93 މެންބަރުން ތިއްބަވާއިރު އިދިކޮޅު އެމްޑީޕީ ތަމްސީލްކުރައްވާނީ އެންމެ 12 މެންބަރުންނެވެ. އަދި އެއްވެސް ޕާޓީއަކަށް ނިސްބަތްނުވާ ދެ މެންބަރަކު އެބަ ތިއްބެވިއެވެ.

ވެރިކަންކުރާ ޕީއެންސީން މިހާރު ވަނީ އާ މަޖިލީހުގެ އިސް މަގާމުތަކާއި އެ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑާޝިޕަށް ވަޑައިގަންނަވާ މެންބަރުން ކަނޑައަޅުއްވާފައެވެ.

މަޖިލީހުގެ ރައީސް ކަމަށް އިންތިހާބުކުރަން ނިންމީ، ފޮނަދު ދާއިރާގެ އިންތިހާބީ މެންބަރު އަބްދުއްރަހީމް އަބްދުﷲ އެވެ. އަބްދުއްރަހީމަކީ ސަތާރަވަނަ އަދި އަށާރަވަނަ ރައްޔިތުންގެ މަޖިލީހުގައި ވެސް ފޮނަދޫ ދާއިރާ ތަމްސީލްކުރެއްވި މެންބަރެވެ. އަދި ސަރުކާރު ހިންގާ ޕާޓީގެ ޗެއާޕާސަނެވެ.

ނައިބު ރައީސަކަށް އިންތިހާބުކުރާނީ ދިއްގަރު ދާއިރާގެ އިންތިހާބީ މެންބަރު އަހުމަދު ނާޒިމެވެ. އޭނާ ވެސް ސަތާރަވަނަ މަޖިލީހާއި އަށާރަވަނަ މަޖިލީހުގައި ވެސް ދިއްގަރު ދާއިރާ ތަމްސީލްކުރައްވާފައިވެ އެވެ. އަދި އަށާރަވަނަ މަޖިލީހުގައި މަޖިލީހުގެ ނައިބު ރައީސްކަން ކުރައްވާފައިވެ އެވެ.

Ads by HDC
  1. ހުންނާނެ

    ޤާނޫނު އަސާސީ އިސްލާހު ކުރުން އެޖެންޑާގެ 1 ވަނަ އައިޓަމަކަށް އޮތީ. ދައުރު ދަންމާލުން.