Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
ސިޔާސީ

އެމްޑީޕީގެ ޕީޖީ ލީޑަރަކަށް ނާޒިލް

އެމްޑީޕީގެ ޕީޖީ ލީޑަރަކަށް ނާޒިލް
އިދިކޮޅު ޕާޓީ އެމްޑީޕީގެ ފަރާތުން ވިހިވަނަ މަޖިލީހުގައި ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރަކަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް އިންތިހާބުކޮށްފިއެވެ.

މާދަމާ ހުވާކުރާ މަޖިލީހުގައި 93 މެންބަރުން ތިއްބަވާއިރު އެމްޑީޕީ ތަމްސީލްކުރައްވާނީ އެންމެ 12 މެންބަރުންނެވެ. ޕާލިމެންޓްރީ ގްރޫޕުގެ ލީޑާޝިޕަށް އެއިން އަށް މެންބަރަކު މިއަދު އިންތިހާބުކޮށްފައިވެއެވެ.

ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރަކަށް ނާޒިލް އިންތިހާބު ކުރިއިރު، ޑެޕިއުޑީ ލީޑަރުންނަށް އިންތިހާބު ކޮށްފައިވަނީ، ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓެ) އަދި މަރަދޫ ދާއިރާގެ އިންތިހާބީ މެންބަރު އަހުމަދު ދީދީއެވެ.

އަދި އެމްޑީޕީގެ މައިނޯރިޓީ އޮތް އެމްޑީޕީއިން ޕާލިމެންޓްރީ ގްރޫޕްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް އިންތިހާބުކުރީ ގަލޮޅު އުތުރު ދާއިރާގެ އިންތިހާބީ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެވެ.

Advertisement
Ooredoo — Truecaller (box)

މީގެއިތުރުން، ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލަށް އިންތިހާބު ކުރީ މާވަށު ދާއިރާގެ އިންތިހާބީ މެންބަރު އަހުމަދު ޝާކިރެވެ. އަދި ޗީފް ވިޕްގެ މަގާމަށް އިންތިހާބުކުރީ ތޮއްޑޫ ދާއިރާގެ އިންތިހާބީ މެންބަރު ހުސައިން ސަމީރެވެ.

ވިޕުންގެ ގޮތުގައި އިންތިހާބުކުރީ ކަނޑިތީމު ދާއިރާގެ އިންތިހާބީ މެންބަރު އަމީން ފައިސަލް އަދި ކެޔޮދޫ ދާއިރާގެ އިންތިހާބީ މެންބަރު މުހައްމަދު ނިއުޝާދު (ނިއުބެ) އެވެ.

ވިހިވަނަ މަޖިލީހުގައި އޮތީ ސަރުކާރު ހިންގާ ކޮންގްރެސް ކޯލިޝަންގެ ސުޕާ މެޖޯރިޓީއެވެ. ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕުގައި 75 މެންބަރުން ތިއްބަވާނެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް