ޚަބަރު

ދުރު އަތޮޅުތަކަށް އާރްޓީއެލް ގައި އިސްކަން ނުދޭތީ ކަންބޮޑުވުން

އައިކާ ޔުނާން ، ދެން އޮންލައިން
ކިނބިދޫ ދާއިރާގެ ޕީއެންސީ މެންބަރު އަލީ އަޝްރަގް
އާރްޓީއެލް ހިދުމަތް ދިނުމުގައި ދަތުރުފަތުރުގެ ގޮތުން މާލެއާ ދުރުގައި ހުރި ބައެއް ރަށްރަށަށް އިސްކަން ނުދޭތީ ކިނބިދޫ ދާއިރާގެ ޕީއެންސީ މެންބަރު އަލީ އަޝްރަގް ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
އަޝްރަގް ފޭސްބުކުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ތ. އަތޮޅަކީ ދަތުރުފަތުރުގެ ގޮތުން ވެރިރަށް މާލެ އާ އެންމެ ދުރުގައިވާ އެއް އަތޮޅު ކަމުގައި ވީ އިރު، ސަރުކާރުގެ ދަތުރުފަތުރުގެ ނިޒާމްގައި އެ އަތޮޅަށް ހިދުމަތް ފެށުން ލަސްވާތީ ކަންބޮޑުވާ ކަމަށެވެ.
"އެހެން ކަމުން މިކަން ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނެސް އަވަސް ހައްލެއް ހޯދުމުގެ މަސައްކަތް ފެށިފައިވާ ވާހަކަ ދަންނަވަމެވެ." އޭނާ ވިދާޅުވެފައިވެއެވެ.
އެ ޕޯސްޓާ ގުޅޭ ގޮތުން "ދެން"އާ ވާހަކަ ދައްކަވަމުން މެންބަރު ވިދާޅުވީ، އެމްޓީސީސީއާއެކު ނުރަސްމީކޮށް މަޝްވަރާތަކެއް ކޮށްފައިވާ ކަމަށާއި ވަރަށް އަވަހަށް ޓްރާންސްޕޯޓް މިނިސްޓްރީއާއެކު އެކަމުގެ މަޝްވަރާ ކުރައްވާނެ ކަމަށެވެ. އުއްމީދަކީ ވީހާވެސް އަވަހަށް އެކަމަށް ހައްލެއް ލިބިގެން ދިޔުން ކަމަށް ވިދާޅުވި އެވެ.

އާރްޓީއެލްގެ ފެރީގެ ހިދުމަތަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ފެށި ހިދުމަތެކެވެ. މި ހިދުމަތް މިހާރު ދެމުން ދަނީ އުތުރުގެ ތިން އަތޮޅާއި ޅ. އަތޮޅާއި ދެކުނުގެ ހަތަރު އަތޮޅަށެވެ.

Ads by STELCO

ކައިރި މުސްތަގުބަލެއްގައި ނ، ރ އަދި ބ އަތޮޅުގެ ހުރިހާ ރަށެއްގައި އާރްޓީއެލްގެ ހިދުމަތް ފެށިގެންދާނެ ކަމަށް ސަރުކާރުން ބުނެ އެވެ.

  1. ޢަސްރަފް

    ޢަހަރުމެންނަށްވެސް ނުލިބޭ