Wednesday, 4 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ބިލެތްފަހި ނެރަށް އެރި ބޯޓެއް ފަޅައިގެން ގޮސްފި

ބިލެތްފަހި ނެރަށް އެރި ބޯޓެއް ފަޅައިގެން ގޮސްފި

މާލެއިން މުދާ ހިފައިގެން ށ އަތޮޅަށް ދަތުރުކުރި ބޯޓެއް އޮއިވަރެއްގައި ޖެހި ފަޅައިގެން ގޮސްފި އެވެ.

މިޑިއާތަކަށް ފޮނުވި މެސެޖެއްގައި އެމްއެންޑީއެފުން ބުނީ 'އުޅިއަށި' ބޯޓު ށ. ބިލެތްފަހި ނެރުން ވަންނަން އުޅުމުގެ ތެރޭގައި އޮއިވަރެއްގައި ޖެހި ނެރުގެ ހުޅަނގު ފަރާތު ހިލަތަކުގައި ޖެހި ފަޅައިގެން ގޮސްފައިވާ ކަމަށެވެ.

ބޯޓަށް އެހީތެރިކަން ފޯރުކޮށް ދިނުމަށް ކުޅުދުއްފުށީގައި ތިބޭ ސިފައިން އެ ސަރަހައްދަށް ދަތުރުކުރަމުންދާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

Advertisement
Ooredoo — Truecaller (box)

އެ ބޯޓާ ގުޅޭ އިތުރު މައުލޫމާތެއް އެމްއެންޑީއެފުން ހާމައެއް ނުކުރެ އެވެ.

 

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް