Wednesday, 28 October 2026
Advertisement
Ooredoo — Airfibre (leaderboard)
ސިޔާސީ

އިބްރާހިމްގެ ތުހުމަތުތައް ޝާހިދު ދޮގުކޮށްފި

އިބްރާހިމްގެ ތުހުމަތުތައް ޝާހިދު ދޮގުކޮށްފި
އިޒްރޭލް ޕާސްޕޯޓު ބޭނުންކޮށްގެން ރާއްޖެ އެތެރެނުވެވޭ ގޮތް ހަދާނަމަ، އެމެރިކާއިން ރާއްޖެއަށް ދެމުންދާ އެހީ ކަނޑާލުމަށް ބިލެއް އެމެރިކާގެ ސެނެޓަށް ހުށަހަޅުމުގެ މަސައްކަތް ފެށުމުގެ ފަހަތުގައި އޮތީ އެމްޑީޕީ އާއި އެޕާޓީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ކަމަށް މައްޗަންގޯޅި އުތުރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ކުރެއްވި ތުހުމަތު ޝާހިދު ދޮގުކޮށްފިއެވެ. އެކަން ދޮގުކޮށް 'އެކްސް' ގައި ކުރި ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ، ފަލަސްތީނުގެ މައްސަލަ ފަދަ، ދިވެހިންގެ ހިތްތަކާ ރޫހާ ގުޅިފައިވާ ހައްސާސް މައްސަލައެއް ބޭނުންކުރައްވައިގެން އަމިއްލަ ސިޔާސީ މަގްސަދެއް ހާސިލްކުރައްވަން އުޅުމަކީ، ފަލަސްތީނުގެ މުސްލިމް އަހުންނަށް އިސްރާއީލުން އެދޭ އަނިޔާތަކަށް ހިތްވަރުދިނުން ކަމަށެވެ. އިތުރަށް ޝާހިދު ވަނީ މި ދަނޑިވަޅުގައި ދޮގު ވާހަކަ ފަތުރައިގެން ދިވެހި ސަފުތައް ބައިބައިކުރަން ކުރަމުންދާ މަސައްކަތް ހުއްޓާލުމަށް އިބްރާހިމްއަށް އިލްތިމާސް ކުރައްވާފައެވެ.
"ފަލަސްތީނުގެ ދިފާއުގައި މުޅި ދިވެހި ގައުމު އެކަތިގަނޑަކަށްވެފައިވާ މިދަނޑިވަޅުގައި މަޖިލިސް މެމްބަރަކަށް ހުންނަވައި ފިތުނަ އާއި ދޮގު ފަތުރުއްވާ ދިވެހި ސަފުތައް ބައިބައިކުރަށްވަން ތިޔަކުރައްވާ މަސައްކަތް ހުއްޓަވާލެއްވުމަށް އިލްތިމާސްކުރަން،" ޝާހިދު ވިދާޅުވިއެވެ.
https://twitter.com/abdulla_shahid/status/1798321528385462451 އެމެރިކާގެ ނޫހެއް ކަމަށްވާ 'އެކްސިއޯސް' ގައި ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ބިލު ހުށަހަޅުއްވަނީ އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގޭގެ، ކޮންގްރެސް މެންބަރެއް ކަމަށްވާ ރިޕަބްލިކަން ޕާޓީގެ ޖޯޝް ގޮތައިމާއެވެ. 'ޕްރޮޓެކްޓިން އެލައިޑް ޓްރެވަލް ހިއާ އެކްޓް (ޕާތު)' ގެ ނަމުގައި އޭނާ މި ބިލު ހުށަހަޅުއްވަނީ އިދިކޮޅު ޑިމޮކްރެޓްސްގެ މެމްބަރުންގެ ތާއީދާ އެކު ވެސް މެއެވެ. މި ބިލާ ގުޅިގެން އޭނާ ނެރުނު ސްޓޭޓްމެންޓެއްގައި ވިދާޅުވެފައިވަނީ "އިޒްރޭލުގެ ހުރިހާ ރައްޔިތުން ދަތުރުކުރުން މަނާކޮށްފައިވާ ބޭރު ގައުމަކަށް ޓެކްސް ޑޮލަރު ފޮނުވައިގެން ނުވާނެ،" ކަމަށެވެ. އަދި އިޒްރޭލުގެ ޕާސްޕޯޓު ރާއްޖެއިން މަަނާކުރުން އޭނާ ސިފަކުރެއްވީ "ޔަހޫދީންނާ މެދު ނަފުރަތު އުފެއްދުމުގެ ފާޅުކަން ބޮޑު އަމަލެއް" ގެ ގޮތުގައެވެ. އިޒްރޭލުން ފަލަސްތީނާ މެދު ހިންގަމުންދާ ލާއިންސާނީ އަމަލުތަކާއި މެދު ކަންބޮޑުވުން ފާޅުކޮށް، އެކަމާ ގުޅިގެން އިޒްރޭލު ޕާސްޕޯޓު މަނާކުރުމަށް ނިންމިކަން ސަރުކާރުން ހާމަކުރީ މިދިޔަ އާދީއްތަ ދުވަހު އެވެ. އެއާ އެކު ރާއްޖެއަށް ދުނިޔޭގެ ގިނަ ބައެއްގެ ސަމާލުކަން ވަނީ ލިބިފަ އެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް