Tuesday, 3 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ދުވަހުން ދުވަހަށް ކުށުގެ ރެކޯޑު ސާފުކޮށްދޭ ގޮތަށް ހަމަޖައްސައިފި

ދުވަހުން ދުވަހަށް ކުށުގެ ރެކޯޑު ސާފުކޮށްދޭ ގޮތަށް ހަމަޖައްސައިފި
ކުށުގެ ރެކޯޑު ސާފުކޮށްދިނުން ހަލުވިކޮށް، އެ ދުވަހުން ދުވަހަށް ލިބޭ ގޮތަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ހަމަޖައްސައިފި އެވެ. މީގެކުރިން އެ އޮފީހުން ކުށުގެ ރެކޯޑު ސާފުކޮށް، ދޫކުރަމުންދިޔައީ ރެކޯޑު ސާފުކުރުމަށް އޮފީހުގެ ކައުންޓަރަށް ފޯމު ހުށަހަޅާ ދުވަހާ ޖެހިގެން އަންނަ ދުވަހުއެވެ. މިކަމާ ގުޅިގެން އެ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ އޮފީހުގެ އަމާޒަކީ، ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތައް ވީހާވެސް ލުއިފަސޭހަކޮށް، ހަރުދަނާކޮށް، އަވަހަށް ލިބޭނޭ އިންތިޒާމުތަކެއް ހަމަޖެއްސުން ކަމަށެވެ.  އެގޮތުން ކޮންމެ ދުވަހަކު ހެނދުނު ހުށަހަޅާ ފޯމުތައް، އެދުވަހުގެ މެންދުރު 1:30 ގައި ލިބޭނެ ކަމަށް އެ އޮފީހުން ބުނެ އެވެ. އަދި މެންދުރު 12 ގެ ފަހުން ހުށަހަޅާ ފޯމުތައް، ޖެހިގެން އަންނަ ދުވަހުގެ ހެނދުނު 9 ޖަހާއިރު ލިބޭނެ ކަމަށެވެ.  މިހާރުވެސް އެ އޮފީހުން ދަނީ އޮންލައިންކޮށް ކުށުގެ ރެކޯޑު ސާފުކުރުމަށް ހުށަހަޅާ މީހުންގެ ރެކޯޑު، ދިހަ މިނިޓު ތެރޭގައި ސާފުކޮށްދިނުމުގެ ހިދުމަތް ފޯރުކޮށްދެމުން ނެވެ. 
ކުށުގެ ރެކޯޑު ސާފުކުރުން
  • ޕީޖީ އޮފީހުގެ އޮންލައިން ޕޯޓަލް އަށް، އީފާސް މެދުވެރިކޮށް ލޮގިންވެގެން އެއް ދުވަހުގެ ތެރޭގައި ރެކޯޑު ސާފުކުރެވޭނެ
  • އެ ހިދުމަތް، އީފާސް މޯބައިލް އެޕުންވެސް ލިބޭނެ
  • ކުށުގެ ރެކޯޑެއް އޮވެގެން، ކޯޓުގައި މައްސަލަ އޮތް ޙާލަތު ބަލަންޖެހޭނަމަ، ނުވަތަ އެނޫންވެސް ފަންނީ ސަބަބެއް މެދުވެރިވެ، އިތުރަށް ބަލަންޖެހޭ ކަންކަން ހުރެއްޖެނަމަ، އެއް ދުވަހުގެ ތެރޭގައި ޖަވާބު ނުލިބުން އެކަށީގެންވާ ކަމަށް ޕީޖީން ބުނޭ

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް