ޚަބަރު އިޖުތިމާޢީ

ދަރިވަރުންނަށް ހާއްސަ ދެ އެވޯޑަކަށް ކުރިމަތިލުމުގެ ފުރުސަތު އެޗްއާރުސީއެމް އިން ހުޅުވާލައިފި

މަރިޔަމް އުމްނާ އިސްމާޢިލް ، ދެން އޮންލައިން

ދަރިވަރުންނަށް ހާއްސަކޮށްގެން ދޭ ދެ އެވޯޑަކަށް ކުރިމަތިލުމުގެ ފުރުސަތު ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން ހުޅުވާލައިފި އެވެ.

Ads by MWSC

ސްކޫލްތަކުގެ ހިއުމަން ރައިޓްސް ކްލަބްތަކުންނާއި އެ ކްލަބްތަކުގެ ދަރިވަރުން ކުރާ މަސައްކަތުގެ އަގުވަޒަން ކުރުމުގެ ގޮތުން އެޗްއާރުސީއެމް އިން ވަނީ "ބެސްޓް ހިއުމަން ރައިޓްސް ކްލަބް 2023-2024" އެވޯޑް އަދި "ޔަންގް ހިއުމަން ރައިޓްސް އެޑްވޮކޭޓް 2023-2024" އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން އަންނަ ޖުލައި މަހުގެ 11 ގެ ނިޔަލަށް ހުޅުވާލާފަ އެވެ،

މި ދެ އެވޯޑް ދެވޭނީ އެޗްއާރުސީއެމް އިން ބުނިގޮތުގައި ކޮންމެ ދިރާސީ އަހަރެއްގެ އެވޯޑަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓް ހާސިލުކޮށްފައިވާ އެންމެ ހަރަކާތްތެރި ހިއުމަން ރައިޓްސް ކްލަބަކަށާއި ހިއުމަން ރައިޓްސް ކްލަބްގެ ދަރިވަރަކަށެވެ.

އިންސާނީ ހައްގުތަކަށް ސްކޫލްތަކުގެ ދަރިވަރުން އަހުލުވެރިކުރުވައި، މުސްތަގުބަލްގައި ހިއުމަން ރައިޓްސް ޑިފެންޑަރުންގެ ގޮތުގައި މަސައްކަތްކުރާނެ ދަރިވަރުންތަކެއް އުފެއްދުމަށް ބާރުއެޅުމުގެ ގޮތުން ދޭ މި ދެ މި އެވޯޑަށް ކުރިމަތިލުމަށް ހުށަހަޅަންޖެހޭ އެޕްލިކޭޝަން ފޯމް، އެވޯޑަށް ހޮވުމުގައި ބަލާނެ މިންގަނޑު، އަދި އިތުރު މައުލޫމާތު އެ ކޮމިޝަނުގެ ވެބްސައިޓުން ލިބޭނެ އެވެ. އެވޯޑަށް ކުރިމަތިލުމަށް އެޕްލިކޭޝަން ހުށަހެޅުމަށް [email protected] އަށް ފޯމާއެކު ހުށަހަޅަންޖެހޭ އިތުރު ލިޔުންތައް އީމެއިލް ކުރަން ޖެހެ އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!