ޚަބަރު ސިޔާސީ

އެމްޑީޕީ އަންހެނުން ގޮފީގެ ނައިބު ރައީސާ އިސްތިއުފާ ދީފި

ފާރިހާ ޢަދުނާން ، ދެން އޮންލައިން

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ އަންހެނުން ގޮފީގެ ނައިބު ރައީސާ ފާތިމަތު ސަމީރު އެ މަގާމުން މިއަދު އިސްތިއުފާ ދީފިއެވެ.

Ads by Sosun Fihaara

ފާތިމަތު "ދެން" އަށް މައުލޫމާތު ދެމުން ވިދާޅުވީ އޭނާ އިސްތިއުފާ ދިނީ ބަލިހާލަތު ހުރިގޮތުން ކަމަށެވެ. އަދި ޒުވާން ކަނބަލުންނަށް އެ މަގާމުގެ ފުރުސަތު ދޭންވެއްޖެ ކަމަށް އަމިއްލައަށް ގަބޫލުކުރެވޭތީ ކަމަށެވެ.

"މިހާރު އިދިކޮޅުގައި ޕާޓީ އޮންނައިރު ވަރަށް ބުރަކޮށް މަސައްކަތްކުރަންޖެހޭ. އަޅުގަނޑަށް ގަބޫލު ކުރެވެނީ އަޅުގަނޑު އެއްފަރާތްވެ އެތަނަށް އެހެން ބޭފުޅަކު އަތުވެއްޖެނަމަ، މިހާރަަށްވުރެ ބުރަކޮށް މަސައްކަތް ކޮށްފާނެއޭ،" އޭނާ ވިދާޅުވިއެވެ.

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލަށް އެޑްރެސްކޮށް ފޮނުވި އިސްތިއުފާގެ ފާތިމަތު ވަނީ ވޭތުވެދިޔަ ދުވަސްތަކުގައި އެމްޑީޕީގެ ފަރާތުން ބެހެއްޓި ގާތްކަމާއި، ދިން އެއްބާރުލުމަށް ޝުކުރު އަދާކޮށްފައެވެ. އަދި ވަކި ހާއްސަކޮށް ވޯޓު ދިން ހުރިހާ މެންބަރުންނަށް ޝުކުރު އަދާކޮށްފައެވެ.

ފާތިމަތު އެ މަގާމަށް އިންތިހާބުވެފައިވަނީ 2022 ވަނަ އަހަރު 7،798 ވޯޓުންނެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!