ޚަބަރު ސަރުކާރު

ސްޓޫޑަންޓް ލޯނަށް ޝަރުތު ހަމަވި ދަރިވަރުންގެ ލިސްޓު މާދަމާ އާންމު ކުރާނެ

ރައުފާ ރަޝީދު ، ދެން އޮންލައިން

ރާއްޖެ އާއި ރާއްޖޭން ބޭރުން މަތީ ތައުލީމު ހޯދަން ބޭނުންވާ ދަރިވަރުންނަށް ސަރުކާރުން ދޫކުރާ ސްޓޫޑަންޓް ލޯނަށް ހުޅުވާލި ފުރުސަތުގައި ފޯމު ހުށަހެޅި މީހުންގެ ތެރެއިން ޝަރުތު ހަމަވި މީހުންގެ ލިސްޓު މާދަމާ އާންމު ކުރާނެ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

Ads by Hajj Corporation

ހަޔަރ އެޑިއުކޭޝަން ބުނީ ލޯނަށް ޝަރުތު ހަމަވާކުދިންނަށް އެ މިނިސްޓްރީގެ ޕޯޓަލުންނާއި މެސެޖުން އަންގާނެ ކަމަށެވެ. ލޯނަށް ޝަރުތު ހަމަނުވާ ދަރިވަރުން ޝަރުތު ހަމަނުވާ ސަބަބު ވެބްސައިޓުން އެ ކުއްޖަކަށް ފެންނާނެކަމަށްވެސް މިނިސްޓްރީން ބުނެ އެވެ.

މި އަހަރު ސްޓޫޑެންޓް ލޯނަށް ކުރުމަތިލުމަށް މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން ހުޅުވާލީ މިދިޔަ ފެބްރުއަރީމަހުގެ 29 ވަނަ ދުވަހު އެވެ.

ޑިޕްލޮމާއިން ފެށިގެން ޕީއެޗްޑީއާ ހަމައަށް ކިޔެވުމަށް ލޯން ސްކީމަށް ކުރިމަތިލުމަށް ހުޅުވާލީ 500 ފުރުޞަތަށެވެ. މަތީ ތަޢުލީމާ ބެހޭ ވުޒާރާއިން ވަނީ އަލަށް ކިޔަވަން ފަށަން ބޭނުންވާ ދާއިރާތަކުން 370 ފުރުޞަތު ޚާއްސަކޮށްފައިވެ އެވެ. އަދި ކިޔަވަމުންދާ ކެޓަގަރީއަށް ޚާއްސަކޮށްފައިވަނީ 130 ފުރުޞަތެވެ. އެހެންނަމަވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ސްޓޫޑެންޓް ލޯނަށް ކުރިމަތިލާ ދަރިވަރުންގެ ތެރެއިން ޝަރުތު ހަމަވާ ހުރިހާ ދަރިވަރުންނަށް ލޯނުދޫކުރުމަށް ނިންމަވާފަ އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!