ޚަބަރު

ޖަޒީރާ ޓެލެގްރާމް ހިންގި މީހުން ހޯދި 9 މިލިޔަން ރުފިޔާ ދައުލަތަށް، 3 މީހަކަށް ދައުވާ

އަލީ ސަމާޙް ، ދެން އޮންލައިން
ޓެލްގްރާމް އެޕްލިކޭޝަން

ޓެލަގްރާމް މެދުވެރިކޮށް ތަފާތު އެކި ކުށްތައް ކުރަމުން ދަނިކޮށް ފުލުހުން ހައްޔަރުކުރި ތިން މީހެއްގެ މައްޗަށް ދައުވާކުރަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ކްރިމިނަލް ކޯޓަށް ހުށަހަޅައިފިއެވެ.

Ads by Sosun Fihaara

މަސްތުވާތަކެތި އިސްތިހާރުކޮށް އެކިބާވަތްތައް ވިޔަފާރިގެ އުސޫލުން ވިއްކުމާއި ހަށިވިއްކުމަށް ހިތްވަރުދޭ ގޮތަށް އިސްތިހާރުކުރަމުން ދަނިކޮށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ "ޖަޒީރާ އެޑްމިން"، "ޖަޒީރާ"، "ޖަޒީރާ ގާލްސް" ގެ އިތުރުން "ޖަޒީރާ އެސްކޯޓްސް ގެލެރީ" ނަމުގައި ހިންގަމުން އައި ޗެނަލްތަކެވެ.

އެ މައްސަލާގައި ދައުވާކުރީ ދަފްތަރު ނަންބަރު ރސ 12966، އިބްރާހީމް ރަޝީދު، ތ. ވޭމަންޑޫ، ރެދިންގެ، ނިޝާނީ އަލީއާއި، ގދ. ރަތަފަންދޫ، ވެލީގެ، އައިސަރު ނަސީމްގެ މައްޗަށެވެ.

އުފުލާފައިވާ ދައުވާތައް:

  • ހަޑި ހުތުރު އެއްޗެއް ރައްދުކުރުން
  • މަނީ ލޯންޑްރިން
  • މީހަކު ލައްވާ ހަށިވިއްކުވުމުގައި އެހީތެރިވެދިނުން
  • އެހެން މީހަކު ހަށިވިއްކައިގެން ލިބޭ އާމްދަނީކަން އެނގިހުރެ، އެ އާމްދަނީގެ ބޭނުންކުރުން

އެ ދައުވާތަކާ ގުޅިގެން އެ ތިން މީހުން ކުށްކޮށްގެން ހޯދާފައިވާ ކަމަށް ބެލެވޭ 9.4 މިލިއަން ރުފިޔާ ދައުލަތަށް ނަގައިދިނުމަށް ޕީޖީން ކްރިމިނަލް ކޯޓުގައި އެދިފައިވެ އެވެ. އަދި މަނީ ލޯންޑްރިންގެ ދައުވާ ކޮށްފައިވާނީ، އެ ފައިސާ އެކި އަދަދުތަކުން އެކި އެކައުންޓުތަކުން ދައުރުކޮށް ލޯންޑާ ކޮށްފައިވާތީ އެވެ.

ހަޑި ހުތުރު އެއްޗެއް ރައްދުކުރުމުގެ ކުށުގެ ދައުވާ ކޮށްފައިވާނީ ހަށި ވިއްކުމަށްޓަކައި ގެންގުޅޭ މީހުން ކަމަށް ބެލެވޭ މީހުންގެ ފޮޓޯ ފޮނުވައި، ހަށިވިއްކުމާއި ގުޅުންހުރި މެސެޖްތައް ކޮށް، އޮރިޔާން މަންޒަރު ދައްކުވައިދޭ ފޮޓޯއާއި ވީޑިއޯ ފޮނުވައި، ހަޑިހުތުރު އެއްޗެއްކަން އެނގިހުރެ، އެތަކެތި ފޮނުވައި ރައްދުކޮށްފައިވާތީވެ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!