ދީން

ޙައްޖުގެ އަޅުކަމުގައި މިއަހަރު ޣައްޒާގެ 1000 މީހުން ބައިވެރިވާނެ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

މިއަހަރުގެ ޙައްޖުގެ އަޅުކަމުގައި ފަލަސްތީނުގެ ޣައްޒާގެ ހާހެއްހާ މީހުން ބައިވެރިވާނެ ކަމަށް މަސްދަރުތަކުން ހާމަކޮށްފިއެވެ.

Ads by Hajj Corporation

މިއީ ސައުދީގެ ރަސްގެފާނުގެ ޚާއްސަ ހުއްދައިގެ ދަށުން ޙައްޖުގެ އަޅުކަމުގައި ބައިވެރިވާނެ ހައްޖާޖުން ކަމަށް މަސްދަރުތަކުން ހާމަކުރެއެވެ.

މިއަހަރުގެ ޙައްޖުގެ އަޅުކަމުގައި 2 މިލިޔަނަށްވުރެ ގިނަ މީހުން ބައިވެރިވާނެ ކަމަށް ސައުދީގެ އޮފިޝަލުން ލަފާކުރެއެވެ. މިހާތަނަށް 1.5 މިލިޔަން މީހުން މައްކާއަށް ވަނީ ޖަމާވެފައެވެ. މިވަގުތު ހައްޖާޖީން ތިބީ މިނާގައެވެ.

ޙައްޖުގެ އަޅުކަމުގައި ޣައްޒާއިން ހާހެއްހާ މީހުން ބައިވެރިވާއިރު, ފަލަސްތީނުގެ ޤުދުސްގެ 4200 މީހުން ބައިވެރިވާނެ ކަމަށް ފަލަސްތީން އޮތޯރިޓީން ވަނީ ހާމަކޮށްފައެވެ.

މިއަހަރުގެ ޙައްޖުގައި ޣައްޒާއިން ބައިވެރިވާ މީހުންނަކީ ޣައްޒާއިން ބޭރުގައި ތިބި މީހުންނެވެ. މިދިޔަ އަހަރު އޮކްޓޯބަރު 7ގައި އިޒްރޭލުން ޣައްޒާއަށް ދޭން ފެށި އުދުވާނީ ހަމަލާތަކަށްފަހު ޣައްޒާއިން ބޭރުވާން, އިޒްރޭލު ފަޅިން ނޫން ގޮތަށް އޮންނަ ހަމައެކަނި ބޯޑަރު, ރަފަހް ކްރޮސިން, މިސްރުގެ އަތުން އަތުލައިގަނެ, އިޒްރޭލުން ވަނީ ބަންދުކޮށްފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!