ދީން

ޙައްޖުގެ ކަންކަން ބަލަހައްޓަން އިސްކަން ދެއްވާ ވަލީ އަޙްދު އިޓަލީއަށް ވަޑައި ނުގަތް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

މިހާރު އިޓަލީގައި ކުރިޔަށްދާ ގްރޫޕް އޮފް ސެވަން ނުވަތަ ޖީ-7ގެ ބައްދަލުވުމުގައި ސައުދީގެ ވަލީ އަޙްދު, މުޙައްމަދު ބިން ސަލްމާނު ބައިވެރިވެ ވަޑައިނުގަންނަވާނެ ކަން ހާމަކުރައްވައިފިއެވެ.

Ads by Hajj Corporation

ޖީ-7އަކީ ދުނިޔޭގެ ބޮޑެތި ބާރުތައް ކަމަށްވާ, ކެނެޑާ, ފްރާންސް, ޖަރމަރު, އިޓަލީ, ޖަޕާން, އިނގިރޭސި ވިލާތް އަދި އެމެރިކާ ހިމެނޭ އެލައިންސެކެވެ. މިއަހަރުގެ ޖީ-7 ސަމިޓް އޮންނަނީ އިޓަލީގައެވެ.

ޖީ-7 ސަމިޓްގައި ބައިވެރިވުމުގެ ދައުވަތު ސައުދީގެ ވަލީ އަޙްދަށް އިޓަލީން ދެއްވާފައިވާއިރު, އެ ދައުވަތު ޤަބޫލު ނުކުރާނެކަން ސައުދީން ވަނީ ހާމަކޮށްފައެވެ.

ސައުދީން އިޓަލީއަށް ފޮނުވި ސިޓީގައި ވިދާޅުވީ, މި ދުވަސްވަރަކީ މައްކާއަށް ގިނަ އަދަދެއްގެ ޙައްޖާޖީން ޖަމާވެފައިވާ ދުވަސްވަރެއް ކަމުން, ޙައްޖާޖީންގެ ކަންކަން އެންމެ ފުރިހަމައަށް ބެލެހެއްޓުމަށްޓަކައި ރަށުގައި ޤާއިމްވެ ހުންނަން ވަލީ އަޙްދު ބޭނުންފުޅުވާ ކަމަށެވެ.

މިއަހަރުގެ ޙައްޖުގައި 2 މިލިޔަނެއްހާ ޙައްޖާޖީން ބައިވެރިވާނެ ކަމަށް ލަފާ ކުރެވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!