Tuesday, 3 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ދިވެހި ހައްޖާޖީން އަރަފާތުގައި، އެންމެންގެ ހާލުވެސް ރަނގަޅު

ދިވެހި ހައްޖާޖީން އަރަފާތުގައި، އެންމެންގެ ހާލުވެސް ރަނގަޅު

މި އަހަރުގެ ހައްޖުގެ އަޅުކަން އަދާކުރުމަށް ރާއްޖެއިން ދިޔަ ހައްޖާޖީން އަރަފާތު ބިމަށް ގޮސްފިއެވެ.

އިސްލާމިކް މިނިސްޓަރު ޑރ މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ރާއްޖެއިން ދިޔަ ގިނަ އަދަދެއްގެ ހައްޖާޖީން މިހާރު އަރަފާތު ބިމަށް ވަދެފައިވާ ކަމަށެވެ.

" ދެ ބަސް ފިޔަވާއި ހުރިހާ ބަހެއް ވަނީ އަރަފާތަށް ވަދެފައި" ފޭސްބުކް ގައި އާއްމުކުރި ވީޑިއޯއެއްގައި މިނިސްޓަރު ޝަހީމް ވިދާޅުވި އެވެ. މީގެ ދެ ގަޑިއިރެެއްހާކުރިން ޕޯސްޓުކުރި އެ ވީޑިއޯގައި ޝަހީމް ވިދާޅުވީ އެ ދެބަސް ވެސް އަރަފާތު ބިމަށް މާ ގިނަ އިރުތަކެއް ނުވެ ވަންނާނެ ކަމަށެވެ.

Advertisement
HDC — Sidebar (box)

ޝަހީމް ވިދާޅުވީ ރާއްޖެއިން ދިޔަ ހުރިހާ ހައްޖުވެރިންގެ ހާލުވެސް ރަނގަޅު ކަމަށެވެ. މިއަދުގެ މާތްކަން ފާހަގަކުރައްވާ މިނިސްޓަރު ވަނީ ހައްޖަށް ދިޔުމުގެ ނަސީބު ނުލިބޭ ފަރާތްތައްވެސް ހައްޖާޖީންނަށް ހެޔޮދުއާ ކޮށްދެއްވުމަށް އެދިވަޑައިގެންފަ އެވެ.

"މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު އެންމެހާ ހާޖީންގެ ހާލުވެސް ރަނގަޅު" ޝަހީމް ވިދާޅުވި އެވެ.

އަރަފާތުގައި މަޑުކުރުމަކީ ހައްޖުގެ އެންމެ މަތިވެރި އެއް ރުކުނެވެ. އަރަފާތު ބިމުގައި ހައްޖުވެރީން  އިރުއޮއްސުމާ ހަމައަށް ތިބޭނެ އެވެ. މިއަދު އަރަފާތު ބިމަށް ނުދެވޭ މީހާގެ ޙައްޤު ޤަބޫލެއް ނުކުރައްވާނެއެވެ.

މި އަހަރުގެ ހައްޖުގެ އަޅުކަން އަދާކުރުމަށް ރާއްޖެއިން 1150 މީހުން މައްކާއަށް ގޮސްފައިވާއިރު، އޭގެ ތެރޭގައި ސަރުކާރުގެ ހަރަދުގައި ފޮނުވާ 50 ފަގީރުންވެސް ހިމެނެ އެވެ. މިއަހަރު ހުރިހާ ޙައްޖުވެރިން ވެސް ގޮސްފައިވަނީ ސަރުކާރުގެ ކުންފުނި, ޙައްޖު ކޯޕަރޭޝަންގެ ބެލުމުގެ ދަށުންނެވެ.

މިއަހަރުގެ އަމީރުލް ހައްޖުގެ ގޮތުގައި ސަރުކާރުން ފޮނުއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު އެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް