ޚަބަރު

ޓިޝޫ ކަމަށް ބުނެ އެތެރެކުރަން އުޅުނު 3 މިލިއަން ރުފިޔާގެ ސިނގިރޭޓު އަތުލައިގަަނެފި

މަރިޔަމް އުމްނާ އިސްމާޢިލް ، ދެން އޮންލައިން
މޯލްޑިވްސް ކަސްޓަމްސް -- ދެން އިމޭޖްސް/އިބްރާހީމް ޝަމްވީލް

ޓިޝޫ ކަމަށް ބުނެ އެތެރެކުރަން އުޅުނު 3 މިލިއަނަށް ވުރެ ގިނަ ސިނގިރޭޓު ކަސްޓަމްސް އިން އަތުލައިގަަނެފި އެވެ.

Ads by MWSC

މިކަމާ ގުޅިގެން ކަސްޓަމްސް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މި ޝިޕްމެންޓަކީ އޭގައި ޝައްކުއުފެދޭ ކަންތައްތަކެއް ހުރި ކަމަަށް އެ މުއައްސަސާއަށް ދުރާލާ ލިބުނު މައުލޫމާތަކާ ގުޅިގެން ބަލާފާސްކުރެވުނު އެއްޗެއް ކަމަށެވެ.

ކަސްޓަމްސް އިން ބުނިގޮތުގައި މި މުދާ ރާއްޖެ އައިސްފައިވަނީ މިދިޔަ މެއި މަހުގެ 19 ގަ އެވެ. އަދި އެ މުދާ ކަސްޓަމްސްގައި ޑިކްލެއާކޮށްފައިވަނީ 343 ކާޓަމް ޕޭޕާ ޓިޝޫގެ ގޮތުގަ އެވެ. އެހެން ނަމަވެސް ކަސްޓަމްސްގެ ކަމާ ގުޅޭ ސެކްޝަންތަކުން ގުޅިގެން މިދިޔަ ބުރާސްފަތި ދުވަހު ހިންގި އޮޕަރޭޝަންގައި އެ މުއައްސަސާއިން ވަނީ އެ ކޮންޓެއިނާގެ ތެރެއިން 143 ކާޓަންގެ ޕޭޕާ ޓިޝޫއާއި 200 މާސްޓާ ކާޓަންގެ ސިނގިރޭޓް ހޯދާފަ އެވެ.

"މިގޮތުން މި 200 މާސްޓަރ ކާޓަންގައި 3،199،200 ސިނގިރޭޓު ފެނިފައިވާއިރު މި ޝިޕްމެންޓްގައި ހިމެނޭ މުދާ މިހާރު ވަނީ ހިފަހައްޓާފަ" ކަސްޓަމްސްގެ ބަޔާނުގައި ވެއެވެ.

މިއީ ރާއްޖެއަށް ސިއްރުން މުދާ އެތެރެކުރަން އުޅުނުކަމަށް ތުހުމަތު ކުރެވޭ މައްސަލައަކަށް ވާތީ އެ މައްސަލާގެ ތަހުގީގު ކަސްޓަމްސް އިން ވަނީ މިހާރު ފަށާފަ އެވެ

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!