ރާއްޖޭ ކުޅިވަރު ކުޅިވަރު

ހިތާމަވެރި ހާދިސާއަށް 1100 ދުވަސްފަހުން އެރިކްސަން ގޯލު ޖެހި މެޗުން ޑެންމާކު ސަލާމަތެއްނުވި

ސްޕޯޓްސް ޓީމް ، ދެން އޮންލައިން

މިދިޔަ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ މެޗެއްގެ ތެރެއިން ހިތްހުއްޓިގެން ދަނޑުން ބޭލި ކްރިސްޓިއަން އެރިކްސަން ދުވަސް ކޮޅެއްގެ މެދު ކެނޑުމަކަށްފަހު އެނބުރި އައިސް މިއަހަރު ޔޫރޯގައި ގޯލުޖެހި މެޗުން ޑެންމާކު ސަލާމަތެއްނުވިއެވެ.

Ads by Hajj Corporation

ރޭ ޔޫރޯ 2024 ގެ ގްރޫޕް ސީގައި ޑެންމާކާއި ސްލޮވޭނިއާ ބައްދަލުކުރި މެޗު ނިމުނީ 1-1 ގެ ނަތީޖާއަކުންނެވެ.

އެ މެޗު ފަށައިގެން 17 ވަނަ މިނެޓުގައި އެރިކްސަން ވަނީ ގޯލެއް ޖަހައި ޑެންމާކަށް މެޗުގެ ލީޑުނަގައިދީފައެވެ.

އެ ގޯލަކީ އެރިކްސަންއަަށް ވަރަށް ހާއްސަ ގޯލެކެވެ. ޔޫރޯ 2020ގެ ގްރޫޕް ދްޓޭޖުގައި ޑެންމާކާއި ފިންލެންޑް ބައްދަލުކުރި މެޗުގެ ތެރެއިން އެރިކްސަން ހިތް ހުއްޓިގެން ދަނޑު މައްޗަށް ވެއްޓުނެވެ.

އެރިކްސަންއަށް ދިމާވި ހާދިސާގައި އޭނާ ސަލާމަތް ކުރެވުނީ "ހަމަ ކިރިޔާ" ކަމަށް އޭނާ ބެލި ޑޮކްޓަރުން ވަނީ ބުނެފަ އެވެ. އެގޮތުން ދަނޑުމައްޗަށް ފަރުވާދޭން ޑޮކްޓަރުންގެ ޓީމަށް ދެވުނު އިރު ވިންދު ހުއްޓިފައިވާ ކަމަށާއި، އެރިކްސަން އަނބުރާ ގެނެވުނީ އަވަސް ފަރުވާ ދިނުމުން ކަމަށް ޑޮކްޓަރުންގެ ޓީމުން ބުންޏެވެ.

ހެންކަމުން އެރިކަސަންއަށް ދިމާވި އެ ހިތާމަވެރި ހާދިސާއަށް ފަހު ދެން ފުޓުބޯޅަ މެޗަކުން އޭނާ ނުފެންނާނެކަމަށް ބެލެވުނެވެ.

ރޭގެ މެޗުގައި އެނާގެ ހާއްސަ ގޯލުން ޑެންމާކު މޮޅުވާން ދަނިކޮށް އެކަމަށް ހުރަސްއެޅީ ސްލޮވޭނިއާގެ ފުރިހަމަ ވަގުތު ހަމަވާން 13 މިނިޓަށްވެފައި ވަނިކޮށް، ސްލޮވީނިއާގެ އެރިކް ޔަންޒާއެވެ.ޕެނަލްޓީ އޭރިޔާ ބޭރުން ޔަންޒާ ފޮނުވާލި ބާރު ޝޮޓްގެ ގޯލަށް އަމާޒުވީ ޑެންމާކްގެ ކުޅުންތެރިއެއްގެ ގައިގައި ޖެހިފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!