Tuesday, 3 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ވަގުންގެ ނެޓްވޯކް: ފުލުހުން ބުނީ ކުރީ ސަރުކާރުން 434 މީހުން ދޫކޮށްލި ކަމަށް

ވަގުންގެ ނެޓްވޯކް: ފުލުހުން ބުނީ ކުރީ ސަރުކާރުން 434 މީހުން ދޫކޮށްލި ކަމަށް

ފަހަކަށް އައިސް ވައްކަމުގެ މައްސަލަތައް އިތުރުވެފައިވަނީ މީގެ 10 މަސް ދުވަސް ކުރިން, ގައިދީންތަކެއް ޖަލުން ދޫކޮށްލުމާ ގުޅިގެން ކަމަށް ފުލުހުން ހާމަކޮށްފިއެވެ.

ފުލުހުންގެ ތަރުޖަމާން އަލީ ޝިފާން މިގޮތަށް ވިދާޅުވީ ވައްކަމުގެ މައްސަލަތައް އިތުރުވަމުންދާތީ ނޫހަކުން ޝާއިއުކުރި ރިޕޯޓެއް ފުލުހުންގެ މީޑިއާ ގްރޫޕުގައި ހިއްސާކުރައްވަމުން ނެވެ.

ޝިފާން ވިދާޅުވީ ވައްކަމުގެ މައްސަލަތަކުގައި ހައްޔަރުކުރި 434 މީހުން މީގެ 10 މަސް ދުވަސް ކުރިން ކަރެކްޝަނުން ދޫކޮށްލާފައިވާ ކަމަށެވެ.

Advertisement
Ooredoo — Truecaller (box)

އަދި ވައްކަމުގެ މައްސަލަތައް ހައްލުކުރަން ކުރަމުންދާ އިވެސްޓްމެންޓްތަކުގެ ބަދަލު ނުލިބޭ ކަމަށާއި, ގާނޫނު ތަންފީޒުކުރާ އިދާރާތަކުގައި ކުރިން އެއްވެސް ރޭވުމެއް ނެތި ހިންގި އުމްރާނީ ތަރައްގީގެ މަޝްރޫއުތަކުގެ ސަބަބުން ވެސް އެ މައްސަލަ ހައްލުކުރަން ގޮންޖެހުން ކުރިމަތިވެފައިވާ ކަމަށެވެ.

ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިއަހަރުގެ މިހާތަނަށް ވައްކަމާއި ފޭރުމުގެ 1000 އަށް ވުރެ ގިނަ މައްސަލަ ވަނީ ހުށަހަޅާފަ އެވެ. އެގޮތުން ވައްކަމުގެ 1680 މައްސަލަ ހުށަހަޅާފައިވާއިރު ފޭރުމުގެ 235 މައްސަލަ ހުށަހަޅާފައިވެ އެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް