ޚަބަރު

ގަވާއިދާ ހިލާފަށް މީހުން އަރުވައިގެން ދުއްވި އުޅަނދެއް ޓޯކޮށްފި

މަރިޔަމް އުމްނާ އިސްމާޢިލް ، ދެން އޮންލައިން
ގަވާއިދާ ހިލާފަށް މީހުން އަރުވައިގެން ދުއްވި އުޅަނދެއް

ހުއްދަނެތި ގަވާއިދާ ހިލާފަށް މީހުން އަރުވައިގެން ދަތުރުކުރި އުޅަނދެއް ހުއްޓުވައި ފިޔަވަޅު އަޅައިފި އެވެ.

Ads by Sosun Fihaara

ފުލުހުން ބުނީ، ހުއްދަނެތި ގަވާއިދާ ހިލާފަށް މީހުން އަރުވައިގެން މިއަދު މާލެއިން އެއާޕޯޓަށް ދަތުރުކުރި އެ އުޅަނދު ހުއްޓުވައި ޗެކް ކުރިއިރު އެއީ "ބީ" ޒޯންގައި ރެޖިސްޓާކޮށްފައިވާ އުޅަނދެއް ކަމަށެވެ. ހުއްދަ ނެތް ޒޯނެއްގައި ދުއްވުމުގެ އިތުރުން އަހަރީ ފީ ހަމަވެފައިވާތީ ފުލުހުން ވަނީ އެ އުޅަނދު ޓޯކޮށްފަ އެވެ.

"ބީ ޒޯންގައި ރެޖިސްޓާކޮށްފައިވާ އުޅަނދަކާއި އޭ ޒޯންގައި ދުއްވުމާ އަދި އުޅަނދުގެ އަހަރީ ފީ ހަމަވެފަ ވާތީ ފިޔަވަޅު އަޅައި އެ އުޅަނދު ވަނީ ޓޯކޮށްފަ" ފުލުހުން މީޑިއާ ގްރޫޕަށް ފޮނުވި މެސެއްގައި ބުނެފައިވެ އެވެ.

އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސްގެ ޒޯން "އޭ" ގައި ހެމެނެނީ މާލެ، ވިލިމާލެ، ހުޅުމާލެ އަދި ހުޅުލެއެވެ. "އޭ" ޒޯނުގެ ލައިސަންސްއަކީ ހުރިހާ ޒޯނެއްގައި ދުއްވުމުގެ ހުއްދަ ކުރާ ލައިސަންސްއެކެވެ. "ބ" ގައި ހިމެނެނީ ހއ، ހދ، ލ، ގއ، ގދ، ޏ އަދި ސ އަތޮޅުގައި ހިމެނޭ ރަށްތަކެވެ. ޒޯން "ބީ" ގެ ލައިސަންސް ޒޯން "އޭ" ފިޔަވައި ހުރިހާ ޒޯނެއްގެ ބޭނުންކުރެވޭނެ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!