ދީން

ލަދުވެތިކަމާ އިއްފަތްތެރިކަމަކީ އިސްލާމްދީނުގައި ވަރަށް ބޮޑަށް ބާރުއަޅުއްވާފައިވާ މަތިވެރި ދެ ސިފަ: ހުތުބާ

ރައުފާ ރަޝީދު ، ދެން އޮންލައިން

ލަދުވެތިކަމާ އިއްފަތްތެރިކަމަކީ އިސްލާމްދީނުގައި ވަރަށް ބޮޑަށް ބާރުއަޅުއްވާފައިވާ މަތިވެރި ދެ ސިފަ ކަމަށް ހުކުރު ހުތުބާގައި ބުނެފިއެވެ.

Ads by STELCO

މިއަދުގެ ހުކުރު ޚުތުބާގެ މައުޟޫއުއަކީ "ލަދުވެތިކަމާއި އިއްފަތްތެރިކަން" މިއެވެ.

ޚުތުބާގައި ބުނެފައިވަނީ ދިވެހިބަހުގެ ރަދީފުގައި ލަދުވެތިކަން މާނަކޮށްފައިވަނީ އެއީ އަބުރު ގެއްލޭފަދަ ކަމެއް ކުރުމަށް ޖެހިލުންވުން، ނުވަތަ އެހެން މީހުންނަށް ފާޅުކުރަން ނުކެރޭ ވަކި ސިފައެއް ވަކި ކަމެއް އެހެން މީހުންނަށް ފެނިދާނެތީ ޖެހިލުންވުންކަމަށެވެ.
އަދި ލަދުވެތިކަމުގެ މާތް ސިފައިގެ މުހިއްމުކަމުން ކީރިތި މާތް ނަބިއްޔާ ﷺ މި ސިފަ ގެންނަވާފައިވަނީ އީމާންކަމުގެ ތެރެއިންކަމަށެވެ. އަދި ލަދުވެތިކަމުގެ ސިފަ މީހެއްގެ ކިބާގައި ހުރެއްޖެނަމަ އެ ސިފައިގެ ސަބަބުން އޭނާ ފާފަތަކަށް އަރައިގަތުން މަނާކުރާނެކަމަށްވެސް ބުނެފައިވެއެވެ.
މީގެ އިތުރުން ލަދުވެތިކަން އެމީހެއްގެ ކިބައިގައި ހުރެއްޖެ މީހާ އިއްފަތްތެރިކަން އިސްކުރާނެކަމަށާއި އޭނާގެ ވެރިރަސްކަލާނގެއަށް ބިރުވެތިވެ އޭނާގެ ހަވާނަފުސުގެ އެދުންތައް މައިތިރިކުރާނެކަމަށް ވެސް ހުތުބާގައި ބުންޏެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!