ރާއްޖޭ ކުޅިވަރު ކުޅިވަރު

ފުޓުބޯޅަ ހުއްޓިފައިވަނިކޮށް ފީފާ ރޭންކިންގައި ރާއްޖެ ދަރަޖައެއް ކުރިއަށް

ސްޕޯޓްސް ޓީމް ، ދެން އޮންލައިން
ގަައުމީ ޓީމުގެ ކުޅުންތެރިން އުފާ ފާޅުކުރަނީ—- ފޮޓޯ/ އެފްއޭއެމް

ދުނިޔޭގެ މައި ފުޓްބޯޅަ އިދާރާ، ފީފާ އިން މަހަކު އެއް ފަހަރު އާންމުކުރާ، ފީފާ ރޭންކިންގައި ރާއްޖެއަށް އެއް ދަރަޖައިގެ ކުރިއެރުން ލިބިއްޖެއެވެ.

Ads by Sosun Fihaara

މިއަދު ފީފާއިން އާންމުކުރި ރޭންކިންގައި ރާއްޖެއަށް ލިބިފައިވަނީ 160 ވަނައެވެ. އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު ފީފާއިން އާންމުކުރި ރޭންކިންގައި ރާއްޖެއަށް ލިބުނީ 161 ވަނައެވެ.

ރާއްޖެއަށް ކުރިއެރުން ލިބިފައި މިވަނީ ރާއްޖޭގެ ފުޓުބޯޅައިގެ ހަރަކާތްތައް ހުއްޓިފައިވާ ދަނޑިވަޅެއްގައެވެ. ގައުމީ ޓީމުގެ ނަތީޖާއަށް ބަލައިގެން އެކުލަވާލާ ރޭންކިންގައި ރާއްޖެ ކުރިއަށް ޖެހިލިއިރު ގައުމީ ޓީމުގެ މެޗެއް އެންމެ ފަހުން ކުޅުނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައެވެ.

ނަމަވެސް މިދިޔ މަހު ސާފުގެ ބައެއް ގައުމުތަކުން ވަނީ މެޗު ކުޅެފައެވެ. އެގޮތުން އިންޑިއާ، ނޭޕާލް، ބަންގްލަދޭޝް އަދި ޕާކިސްތާނުން ވަނީ މިދިޔަ މަހު ވޯލްޑަކަޕް ކޮލިފައިންގައި ދެ މެޗު ކުޅެފައެވެ.

ފީފާ ރޭންކިންގައި ސާފުގެ ގައުުތަކުގެ ރޭންކިންއަށް ބަލާއިރު، އިންޑިއާ ތިން ދަރަޖައިގެ ވެއްޓުމަކާއެކު 124 ވަނައިގައި އޮތްއިރު، ނޭޕާލް ވަނީ 175 ވަނައަށް ތިން ދަރަޖައިގެ ކުރިއެރުމަކާއެކު ޖެހިލައިފައެވެ. ދެ ދަރަޖައިގެ ކުރިއެރުމަކާއެކު ބޫޓާން ވަނީ 183 ވަނައަށް ޖެހިލައިފައެވެ. އެއް ދަރަޖައިގެ ވެއްޓުމަކާއެކު ބަންގްލަދޭޝް 185 ވަނަ ލިބިފައިވާއިރު ދެ ދަރަޖައިގެ ވެއްޓުމަކާއެކު ޕާކިސްތާން ވަނީ 197 ވަނައަށް ވެއްޓިފައެވެ. ސާފް ސަރަހައްދުގެ ފުލުގަައި ލަންކާ އޮތީ 205 ވަނައިގައެވެ.

 

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!