ޚަބަރު

މިސްކިތެއްގައި ޓިކްޓޮކް ކުޅުނު މީހާއަށް ނަށާ ގްރޫޕުން ފިޔަވަޅު އަޅައިފި

މަރިޔަމް އުމްނާ އިސްމާޢިލް ، ދެން އޮންލައިން

ރަށެއްގެ މިސްކިތެއްގެ ތެރޭގައި ނަށަމުން ޓިކްޓޮކެއް ކުޅުނު އަންހެނަކަށް، އޭނާ ނިސްބަތްވާ ނަށާ ގްރޫޕު 'ދަންދާނަ' އިން ފިޔަވަޅު އަޅައިފި އެވެ.

Ads by Hajj Corporation

ރ މީދޫ މިސްކިތެއްގައި ޓިކްޓޮކް ކުޅުނު މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވަނީ އިއްޔެ ބުނެފަ އެވެ.

މިކަމާ ގުޅިގެން އެ ގްރޫޕުން ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ވީޑިއޯ ނަގާފައިވަނީ އީދު ފާހަގަކުރުމަށް މީދޫގައި ޝޯއެއް ދިނުމަށް އެ ގްރޫޕުން އެ ރަށަށް ކުރި ދަތުރުގެ ތެރޭގައި ކަމަށެވެ. މިސްކިތުގެ ގޯތި ތެރޭގައި އެ ވީޑިއޯ ކުޅެފައިވާތީ އެކަން އެ ގްރޫޕުން ވަނީ ކޮށްފަ އެވެ.

އެ ގްރޫޕުން ބުނީ، އެ ވީޑިއޯ ކުޅުނީ އަމިއްލަ ގޮތުން ކަމަށާއި އެ ވީޑިއޯގައި އެ ގްރޫޕުގެ އެއްވެސް ހިއްސާއެއް ނޯންނާނެ ކަމަށެވެ. އެ ވީޑިއޯ ކުޅެފައިވަނީ ގްރޫޕުގެ ރަސްމީ ދަތުރެއްގައި ކަމަށްވާތީ ދަންދާނަ އިން ނިންމީ، އެ އަންހެން މީހާ ވަކި މުއްދަތެއް ގޮތަށް ސަސްޕެންޑުކުރުމަށެވެ.

"ވީމާ ދައުރުވަމުންދާ ޓިކްޓޮކް ވީޑިއޯގެ ސަބަބުން ހަޑިވާގޮތަށް ހަބަރު ނުފެތުރުމަކީ މި ގްރޫޕުގެ ވަރަށް ބޮޑު އެދުމެކެވެ. އަދި މި ގްރޫޕުން ކުރިއަށް އޮތްތަނުގައި ކުރާ ދަތުރުތަކުގައި ގްރޫޕުގެ މެމްބަރުންގެ ފަރާތުން މިފަދަ އެއްވެސް އަމަލެއް ނުފެންނާނެ ކަމުގެ ޔަގީންކަން މި ގްރޫޕުން ދެމެވެ" އެ ގްރޫޕުގެ ބަޔާނުގައި ބުންޏެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!