Tuesday, 3 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

އިލާ ކްލިނިކުން ވަގަށް ގެންދިޔައި ތަކެތި ހޯދައި މީހަކު ހައްޔަރަށް

އިލާ ކްލިނިކުން ވަގަށް ގެންދިޔައި ތަކެތި ހޯދައި މީހަކު ހައްޔަރަށް

ކުޅުދުއްފުށީ ސިޓީގައި ހުންނަ އިލާ އަލީ އާދަމް ކްލިނިކް ފަޅާލައި އެ ތަނުން ވައްކަންކުރި މައްސަލައެއް މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

އެ ކްލިނިކުން ވައްކަން ކޮށްފައިވަނީ މި މަހުގެ 13 ވަނަ ދުވަހު އެވެ.

މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ، އިލާ ކްލިނިކުން ވައްކަން ކޮށްފައިވާ މައްސަލައާ ގުޅިގެން އެ ކްލިނިކުން ވަގަށް ނެގި ތަކެތި ހޯދުމަށް ކުޅުުދުއްފުށި ފުލުހުން ކުރި މަސައްކަތުން އިއްޔެ އެތަކެތި ހޯދައި ވެރިފަރާތާ ހަވާލުކޮށްފައިވާ ކަމަށެވެ.

Advertisement
Ooredoo — Square (box)

ފުލުހުން ބުނީ އެ މައްސަލާގައި 26 އަހަރުގެ ދިވެހި ފިރިހެނަކުން ހައްޔަރު ކޮށްފައިވާ ކަމަށެވެ. އަދި މައްސަލަ އިތުރަށް ބަލަމުންދާ ކަމަށްވެސް ފުލުހުން ބުންޏެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް