ޚަބަރު

އެންޑީއޭގެ ބޯޑު އަލުން އެކުލަވާލާ، ޗެއާމަންކަމަށް ލުބްނާ

މަރިޔަމް އުމްނާ އިސްމާޢިލް ، ދެން އޮންލައިން

ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ނޭޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ)ގެ ބޯޑު އަލުން އެކުލަވާލައިފި އެވެ.

Ads by MWSC

އެ އޭޖެންސީގެ ބޯޑު އަލުން އެކުލަވާލުމަށްފަހު ޗެއާމަނަކަށް ހަމަޖައްސާފައިވަނީ ހޯމްލޭންޑް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލުބްނާ މުހައްމަދު ޒާހިރު ހުސައިން އެވެ. ލުބްނާއާ އެކު ދެން މި ބޯޑުގައި އިތުރު 9 ބޭފުޅަކު ތިއްބަވާނެ އެވެ. އެއީ:

      1. ރައީސް އޮފީހުގެ ޑެޕިއުޓީ އަންޑަ ސެކްރެޓަރީ ފޯ ޕަބްލިކް ޕޮލިސީ ޝިބާނާ އަބްދުﷲ ދީދީ
      2. ހެލްތު މިނިސްޓްރީގެ ނައިބު އިސްމާއީލް ޒާހިރު
      3. ޔޫތު މިނިސްޓްރީގެ ނައިބު އިސްމާއީލް ރަޝީދު
      4. އެޑިއުކޭޝަން މިނިސްޓްރީގެ ޑިރެކްޓާ ޖެނެރަލް ފާތިމަތު އައްޒާ
      5. އެމްއެންޑީއެފްގެ ލެފްޓެނަންޓް ކާނަލް ޑރ. އާމިނަތު ޝުމްރާ
      6. ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝާކިރު،
      7. ކަސްޓަމްސްގެ ޑެޕިއުޓީ ޗީފް ސުޕްރިންޓެންޑެންޓް އަހުމަދު ސިމާހު
      8. ޗާފް ޕްރިންސިޕަލް އިމިގްރޭޝަން އޮފިސަރު ސީނީޒު އަލީ
      9. މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކުރާ "ޖާނީ " ޖަމިއްޔާގެ ފަރާތުން އަހުމަދު އަބްދުއްސައްތާރު

    އެންޑީއޭ މީގެކުރިން ހިންގަމުން ދިޔައީ ޖެންޑާ މިނިސްޓްރީގެ ބެލުމުގެ ދަށުންނެވެ. އެހެން ނަމަވެސް މިދިޔަ ސަރުކާރުގައި އެތަން ހެލްތް މިނިސްޓްރީގެ ދަށަށް ބަދަލުކުރިއިރު، އާ ސަރުކާރުން ވަނީ އެ އޭޖެންސީ ހޯމްލޭންޑް ސެކިއުރިޓީގެ ދަށަށް ބަދަލުކޮށްފަ އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!