ޚަބަރު

ސައީދާ، ޝަހީމްއާ ޗައިނާގައި، އާދަމް ޝަރީފް ވެސް ފުރާވަޑައިގެންފި

އަލީ ސަމާޙް ، ދެން އޮންލައިން
މިނިސްޓަރު އާދަމް ޝަރީފް އުމަރު

ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ރަސްމީ ދަތުރެއްގައި ޗައިނާއަށް ފުރާ ވަޑައިގެންފިއެވެ.

Ads by STELCO

ޗައިނާގައި މިހާރު ވެސް އިތުރު ދެ ވަޒީރަކު ވަޑައިގެން އެބަ އުޅުއްވައެވެ. އެއީ އިސްލާމީ ކަންކަމާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުއާ އިގްތިސާދީ ވަޒީރު މުހައްމަދު ސައީދެވެ.

މިއަދު "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި އާދަމް ޝަރީފް ވިދާޅުވީ, މި ދަތުރުގައި ޗައިނާގައި 5ޖީ ނެޓްވޯކްދޭ އެންމެ ބޮޑު ކުންފުންޏާއެކު މަޝްވަރާ ބައްދަލުވުންތަކެއް ކުރިޔަށްދާނެ ކަމަށެވެ. އަދި މި ބައްދަލުވުންތަކުގައި ރާއްޖޭގެ މޯބައިލް ނެޓްވޯކް ރަނގަޅު ކުރަން މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

އިސްލާމިކް މިނިސްޓަރު ޝަހީމް ޗައިނާއަށް ވަޑައިގަތީ 8 ވަނަ ޗައިނާ-ޔޫރޭޝިއާ އެކްސްޕޯގައި ބައިވެރިވެ ވަޑައިގަތެވެ. އިކޮނިމިކް މިނިސްޓަރު ޝަހީމް ޗައިނާ އަށް ވަޑައިގަންނަވަނީ ވޯލްޑް އިކޮނޮމިކް ފޯރަމްގައި ބައިވެރިވަވަޑައިގެންނެވުމަށް ކަމަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!