ޚަބަރު ސިޔާސީ

އެމްޑީޕީގެ އަހަރީ ދުވަހުގެ ތަހުނިޔާ ރައީސް މުއިއްޒު ފޮނުއްވައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީގެ 19 ވަނަ އަހަރީ ދުވަހުގެ ތަހުނިޔާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފޮނުއްވައިފި އެވެ.

Ads by Hajj Corporation

އެމަނިކުފާނު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ޕާޓީގެ އިސްވެރިންނަށާއި މެންބަރުންނަށް އަހަރީ ދުވަހުގެ ތަހުނިޔާ ވިދާޅުވެފަ އެވެ. ރައީސްގެ އިތުރުން ނައިބު އަލްއުސްތާޛް ހުސައިން މުޙައްމަދު ލަތީފް ވެސް ވަނީ އެމްޑީޕީގެ އަހަރީ ދުވަހާ ގުޅިގެން ތަހުނީޔާ ވިދާޅުވެފަ އެވެ.

ތަހުނިޔާ ފޮނުއްވަމުން އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ޝާހިދު ވިދާޅުވި ގޮތުގައި އެމްޑީޕީއަކީ ދިވެހި ރައްޔިތުންގެ އުންމީދެވެ. ފާރަވެރި ވާދަވެރި ސިޔާސީ ނިޒާމެއްގައި އެޕާޓީއަކީ އަލި ދަންމަރެއް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ރާއްޖެއަށް މަލްޓި ޕާޓީ ނިޒާމު ތައާރަފުވެ ސިޔާސީ ޕާޓީ ރަޖިސްޓްރީކުރުމަށް ހުޅުވާލުމުން އެންމެ ފުރަތަމަ ރަޖިސްޓްރީ ކުރި ޕާޓީއަކީ އެމްޑީޕީ އެވެ. އެ ޕާޓީން ވަނީ ރާއްޖޭގެ ވެރިކަން ދެފަހަރު ކުރައްވާފަ އެވެ. އޮކްޓޫބަރު 2008 ގައި ބޭއްވި ދިވެހިރާއްޖޭގެ ފުރަތަމަ ގިނަ ޕާޓީ އެކުލެވޭ ވާދަވެރި ރިޔާސީ އިންތިހާބުގައި ވާދަކޮށް، އެ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރީ އެމްޑީޕީ އެވެ. 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު އެ ޕާޓީން ވަނީ ކާމިޔާބުކޮށްފަ އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!