ޚަބަރު

ދައުލަތުގެ ކުންފުންޏެއްގެ މުވައްޒަފަކު ޑްރަގު މައްސަލައެއްގައި ހައްޔަރުކުރުމުން ހެކި ނެތިގެން ދޫކޮށްލައިފި

އަލީ ސަމާޙް ، ދެން އޮންލައިން
ކްރިމިނަލް ކޯޓު/ ފޮޓޯ:ދެން

މަސްތުވާތަކެތި މައްސަލައެއް ގައި ހައްޔަރު ކުރި، ދައުލަތުގެ ކުންފުންޏެއްގެ މުވައްޒަފަކު ހެކި ނެތިގެން ކޯޓުން ދޫކޮށްލައިފި އެވެ.

Ads by STELCO

އެކަމެއް މިއަދު ހިނގިއިރު، ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައިރު އެއީ 29 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެ މީހާ ވަޒީފާ އަދާކުރަނީ ދައުލަތުގެ ކޮން ކުންފުޏެއްގައި ކަމެއް ކޯޓު އަމުރުގެ އެނގޭކަށް ނެތެވެ.

ޝަރުތުތަކަކާއި އެކު އެ މީހާ ދޫކޮށްލީ އެކަށީގެންވާ ވަރަށް އޭނާއާ ދެކޮޅަށް ހެކި ހުށަހެޅިފައިނުވާތީ އެވެ.

ހެކީގެ ގޮތުގައި އޭނާއާ ދެކޮޅަށް ހުށަހަޅާފައިވަނީ އެހެން މީހަކާ ގުޅިގެން ޑްރަގުގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ ގެއަކުން ފެނުނު ލިޔުމެކެވެ. އެހެން ނަމަވެސް އެއީ އޭނާ ދިރިއުޅޭ ގެ ނޫން ކަމަށް ކޯޓުގައި ބުންޏެވެ. ފެނުނު ލިޔުމަކީ 2014 ވަނަ އަހަރު އެ މީހާ ޔުނިވާސިޓީގައި ވަޒީފާ އަދާކުރި ލިޔުމެކެވެ.

ކޯޓުގައި އެ ފިރިހެން މީހާ ބުނީ އެ ލިޔެކިޔުންތަކަކީ، ތުހުމަތެއްގައި ބަންދުގައި ހުރުމަށްފަހު ވީއްލުމުން މާލޭގައި ހުންނާނެ ތަނެއް ނެތުމުން ދުވަސްކޮޅަށްކަށް އެ ގޭގައި ހުރި ހުރުމުގައި ބޭއްވިފައިވާ އަދި ގެންދަން ހަނދާން ނެތި އޮތް ލިޔުމެއް ކަމަށެވެ.

ހަރުދަނާ ހެއްކެއް ނެތުމުން ކޯޓުން ވަނީ އޭނާ ދޫކޮށްލާފަ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!