ޚަބަރު ސިޔާސީ

“މަހުގެ އަގާ ރިޔާސީ އިންތިހާބާ ގުޅުމެއް އޮންނަނީ ކަންނޭނގެ”

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން

ކޮންމެ ރިޔާސީ އިންތިހާބަކާއި ދިމާކޮށް މަސް ގަންނަ އަގު ބޮޑުކުރަނީ އެކަމާއި ރިޔާސީ އިންތިހާބާ ގުޅުމެއް އޮންނާތީކަމަށް ވުން އެކަށީގެންވާކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެ އެވެ.

Ads by Sosun Fihaara

އެމްޑީޕީގެ 19 ވަނަ އަހަރީ ދުވަހާއި ގުޅިގެން ރާއްޖެ ޓީވީއަށް ދެެއްވި އިންޓަވިއުއެއްގައި ވާހަކަ ދައްކަވަމުން ރައީސް ޞާލިހު ވިދާޅުވީ ކުރީގެ ރައީސް އަބްދުالله ޔާމީންގެ ވެރިކަން ނިމުނުއިރު 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާ ދިމާކޮށްވެސް މަހުގެ އަގު ބޮޑުކުރި ކަމަށެވެ.

އަޅުގަނޑުމެންނަށް ފުރަތަމަ ވެރިކަމަށް އައިސް ޖެހުނު ތިން ހަތަރު މަހު މަސްވެރިންނަށް ފައިސާ ނުދީ ތިބެން، އޭރުވެސް ވެރިކަމުގެ އިންތިހާބުގެ ތެރޭގައި އޭރުގެ ރައީސް މަހުގެ އަގު ބޮޑުކުރެއްވީ، ދެން މަހުގެ އަގާއި އިންތިހާބާއި ކޮންމެސް ގުޅުމެއް އޮންނަނީ ކަންނޭނގެ"

ނުސީދާކޮށް ރައީސް ޞާލިހު އެއްބަސްވެވަޑައިގެންނެވީ މިދިޔަ އަހަރު ރިޔާސީ އިންތިހާބާ ދިމާކޮށް މަހުގެ އަގު ބޮޑުކުރީ ވޯޓު ހޯދަން ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ސަރުކާރެއް ހިނގަމުން ދާއިރު މިފަދަ ކަންކަން ހުންނާނެ ކަމަށެވެ.

ވެރިކަން ބަދަލުވިއިރު ދިވެހި ދައުލަތް ވަރަށް ބޮޑަށް ދަރަނިވެރިވެފައިވާކަމަށް ދެކެވޭ ވާހަކަތަކާއި ގުޅޭގޮތުން ރައީސް ޞާލިހު ވިދާޅުވީ އެއީ އޮޅުވައިލުންތަކެއް ކަމަށެވެ.

ފުރަތަމަ ކަމަކަށް އަޅުގަނޑުމެން ގަބޫލުކުރަން ވާނެ މިއީ ދިރި ދެމި އޮތް ގައުމެއްކަން، ވެރިކަން ބަދަލުވާނެކަން ކޮންމެ ފަސް އަހަރަކުން

ރައީސް ޞާލިހުގެ ވެރިކަން ނިމުނުއިރު ސަރުކާރު ގިނަ ކުންފުނިތައް އޮތީ ގެއްލުމުގަ އެވެ. ބައެއް ކުންފުނިތަކަށް ހިޔާނާތުގެ ތުހުމަތު ކުރެވޭއިރު އެމައްސަލަތައް ދަނީ ތަހުގީގުވެސް ކުރަމުންނެވެ.

މިދިޔަ ސަރުކާރު ފެށުނުއިރު މަހުގެ އަގު ހުރީ 16 ރުފިޔާގަ އެވެ. އެހެންނަމަވެސް ރިޔާސީ އިންތިހާބުގެ ކެމްޕެއިން ފެށުމާއިއެކު މަހުގެ އަގު 17 ރުފިޔާއަށް ބޮޑުކުރި އެވެ. އަދި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓަށް މަދު ދުވަސްކޮޅަކަށް ވެފައި އޮއްވާ މަހުގެ އަގު 25 ރުފިޔާއަށް ބޮޑުކުރި އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!