ގެވެށި އަނިޔާގެ މައްސަލައެއްގައި ފުވައްމުލަކުން މީހަކު ހައްޔަރަށް

ގެވެށި އަނިޔާގެ ތުހުމަތުގައި ފުވައްމުލަކު ސިޓީން މީހަކު ހައްޔަރުކޮށްފިއެވެ.
މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ ފުވައްމުލަކު ގެއެއްގައި ގެވެށި އަނިޔާކުރި މައްސަލައިގެ ރިޕޯޓް މިއަދު ލިބިފައިވާ ކަމަށެވެ.
ފުލުހުން ބުނީ އެ މައްސަލައާއި ގުޅިގެން ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެކަމަކު އެމީހާގެ ވަނަވަރެއް ފުލުހުން ހާމައެއް ނުކުރެ އެވެ.
ބުނީ މައްސަލަ އިތުރަށް ތަހުގީގު ކުރަންމުންދާ ކަމަށެވެ..
ދާދި ފަހުން އަނބިމީހާއަށް އަނިޔާ ކުރި މައްސަލައެއްގައި 53 އަހަރުގެ އިންޑިއާ ފިރިހެނެއް ވެސް ވަނީ ހައްޔަރުކޮށްފައެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ގެވެށި އަނިޔާއާއި، މާރާމާރީ، އަދި ބިރުދެއްކުމާއި އިންޒާރު ދިނުމުގެ ކުށުގެ ތުހުމަތުގައެވެ.

Ads by Ooredoo