ޚަބަރު

ދަނބިދޫގައި މޫދަށް އެރިއުޅުނު މީހަކު މަރުވެއްޖެ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ލ. ދަނބިދޫގައި މޫދަށް އެރި އުޅުނު މީހަކު މަރުވެފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

Ads by STELCO

މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ ދަނބިދޫ އިރުމަތީ ފަރާތުގައި (ކޯސްވޭ) ސަރަހައްދުގައި މޫދުގައި މީހަކު އޮޔާ ދަނިކޮށް ފެނިގެން ހެލްތް ސެންޓަރަށް ގެންގޮސްފައިވާ ކަމަށް މިއަދު 16:55 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

މަރުވެފައިވަނީ ދަނބިދޫ/ ނިޔަދުުރުމާގެ އާމިނަތު އުމަރު (65އ) ކަމަށް ފުލުހުން ބުންޏެވެ.

"ހެލްތް ސެންޓަރަށް ގެންދިޔައިރުވެސް އެ މީހާ ނިޔާވެފައިވާ ކަމަށް ފުލުހުންނަށް މައުލޫމާތު ދީފައިވޭ" މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

ފުލުހުން ބުނީ އެ މަރާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންތައްތައް ބަލަމުންދާ ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!