ޚަބަރު ސިޔާސީ

ޖަމީލްގެ މަރުގެ މައްސަލައިގައި ޑިމޮކްރެޓްސްއިން އެޗްއާރްސީއެމަށް

ރައުފާ ރަޝީދު ، ދެން އޮންލައިން
ޖަލުގައި ނިޔާވި ޖަމީލު

މާފުށީ ޖަލުގައި ޝަރީޢަތް ނިމެންދެން ބަންދުކޮށްފައި ހުއްޓާ އިއްޔެ ހެނދުނު ނިޔާވި ށ. ފުނަދޫ ޒަމާނީ ވިލާ މުޙައްމަދު ޖަމީލް (45 އަހަރު)ގެ މަރުގައި އެއްވެސް ބައެއްގެ އިހުމާލެއް ވޭތޯ ބެލުމަށް ޑިމޮކްރެޓްސްއިން ގޮވައިލައިފި އެވެ.

Ads by Hajj Corporation

ޑިމޮކްރެޓްސްއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޖަމީލްގެ ހަށިގަނޑުގައި ނޫފައިގެންފައިވާ ތަންތަނާއި އަނިޔާގެ ނިޝާންތައް ކަމަށް ބެލެވޭ ތަންތަން ހަށިގަނޑުން ފެނިފައިވާ ކަމަށާއި ކަރެކްޝަންސްގެ އޮފިސަރުން ޖަމީލަށް އަނިޔާކޮށް ފަރުވާ ދިނުމުގައި އިހުމާލުވެފައިވާ ކަމަށް ގިނަ ބަޔަކު ބުނަމުންދާ ކަމަށެވެ.

އަދި މި މަރުގައި ޝައްކު ކުރެވޭ ކަންތައްތައް ހުރުމާއެކު މަރުގައި އެއްވެސް ބައެއްގެ އިހުމާލެއް ވޭތޯ އާއި ޖަލު ބަލަހައްޓާ އޮފިސަރުން އަނިޔާކޮށްފައިވޭތޯ އާއި ބޭސްފަރުވާގެ ކަންކަން ޖަމީލް ބަންދުގައި ހުރި ދުވަސްވަރު ލިބިފައިވޭތޯ ބެލުމަށް ގޮވާލާ ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.

ޖަމީލަށް އަނިޔާކޮށްފައިވާ ކަމަށް ބުނެ މީސް މީޑިއާގައި ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރިނަމަވެސް އޭނާގެ ހަށިގަނޑުގައި ހުރީ ބަޔަކު އަނިޔާކޮށްފައި ހުރި ކަމުގެ ނިޝާންތަކެއްކަމަށް ޑޮކްޓަރުންނަށްވެސް ބެލެވިފައިނުވާކަމަށް ފުލުހުން އިއްޔެ ވަނީ ބުނެފަ އެވެ.

Ads by Ooredoo
  1. ކޮޔާ

    ޑިމޮްކްރެޓް ގެ ޙިއްސާ އޮތް ފަސްއަހަރު ނިމުނު އިރު ހިނގާދިޔަ އެއްވެސް ކަމަކަށް ނޫނެކޭ ނުބުނެވި ދިޔައީ ކޮވިޑްޙާލަތުގަ ގައުމު ދަވާލައިގެން އުޅެފަ އެތަށްބަޔަކު އިހުމާލުން މަރުވި އިރުވެސް ކަލޭމެން މެމްބަރުކަމުގަ ތިބެ ހަނު ތިބީ އެހެންވީމަ ދެން ކޮން ގޮވެއްޔެއް ގޮވާކަށް ދުންމާރި ފުމެލާ