Wednesday, 4 November 2026
Advertisement
STO — McCoy (leaderboard)
ކުޅިވަރު

ތިން މެޗަށްފަހު ޓީމު އޮތީ ތައްޔާރަަށް، ސްލޮވާކިއާ މައްޗަށް ކުރިހޯދޭނެ: މާޓިނޭޒް

ތިން މެޗަށްފަހު ޓީމު އޮތީ ތައްޔާރަަށް، ސްލޮވާކިއާ މައްޗަށް ކުރިހޯދޭނެ: މާޓިނޭޒް

ގްރޫޕް ސްޓޭޖުގެ ތިންމެޗަށް ފަހު ޓީމު އޮތީ ވަރަށް ބޮޑަށް ތައްޔާރައްކަމަށް ޕޯޗުގަލްގެ ކޯޗު ރޮބާޓޯ މާޓިނޭޒް ބުނެފިއެވެ.

ގްރޫޕް ސްޓޭޖުގެ ކުޅުން ނިމި ދެވަނަ ބުރުގައި މިރޭ ސްލޮވާކިއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން މީޑިއާއާ ވާހަކަދައްކަމުން މާޓިނޭޒް ބުނީ ދެން ޔޫރޯގައި މި ފެށެނީ މުޅިން އާ މުބާރާތެއްކަމަށެވެ.

އޭނާ ބުނީ ޔޫރޯގައި ކުޅޭ ކޮންމެ ޓީމަކީ ވެސް ވަރުގަދަ ޓީމެއްކަމަށެ. އެ މުބާރާތުގައި ކުޅުމަކީ ފަސޭހަ ކަމެއް ނޫންކަމަށް އޭނާ ބުންޏެވެ.

Advertisement
Allied Insurance — Square (box)

އެހެންނަމަވެސް ޓީމެއްގެ ގޮތުގައި ކުޅެގެން މެޗަކަށްފަހު މެޗެއް ކާމިޔާބުކުރެވޭނެކަމަށް މާޓިނޭޒް ބުންޏެވެ.

މާޓިނޭޒް ބުނީ ސްލޮވާކިއާ އަކީ ވަރުގަދަ ޓީމެއް ނަމަވެސް ޕޯޗުގަލް މެޗަށް ތައްޔާރުކަމަށެވެ. އެ ގްރޫޕް ސްޓޭޖުގައި ޖޯޖިއާ އަތުން ވީބަލި މުޅިން ހަނދާން ނައްތާލައިފިކަމަށް އޭނާ ބުންޏެވެ

މިރޭ ނޮކްއައުޓް ބުރުގައި ޕޯޗުގަލްއާއި ސްލޮވޭނިއާ ބައްދަލުކުރާ މެޗު ފަށާނީ ރާއްޖެ ގަޑިން މިރޭ 12:00 ގައެވެ.. އެ މެޗުން މޮޅުވާ ޓީމެއް ކުއާޓާ ފައިނަލަށް ދަތުރުކުރެވޭނެއެވެ. ކުއާޓާ ފައިނަލުގައި މި މެޗުންު މޮޅުވާ ޓީމެއް ވާދަކުރަން ޖެހޭނީ  ދެވަނަ ބުރުގައި ފްރާންސްއާއި ބެލްޖިއަމް ބައްދަލުކޮށް މޮޅުވާ ޓީމަކާއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް