Tuesday, 3 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ބެލެނިވެރިންނާ ގާތްވި ވަރަކަށް ނޭދެވޭ ކަންކަމުން ކުދިން ދުރުހެލިވޭ: ސާޖިދާ

ބެލެނިވެރިންނާ ގާތްވި ވަރަކަށް ނޭދެވޭ ކަންކަމުން ކުދިން ދުރުހެލިވޭ: ސާޖިދާ

ބެލެނިވެރީންނަށް ކުދީން ކުރާ އިތުބާރު އިތުރުވެ، ގުޅުން ބަދަހިވީ ވަރަކަށް، މުޖްތަމައުން ފެންނަ ނޭދެވޭ ކަންކަމުން އެ ކުދީން ސަލާމަތްކުރުމުގެ މަގުފަހިވެގެންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު މިއަދު ވިދާޅުވެއްޖެ އެވެ.

އެކަމަނާ މިހެން ވިދާޅުވީ 'ގްލޯބަލް ޕޭރެންޓިން މަންތް' ނުވަތަ ބައިނަލްއަގްވާމީ ގޮތުން ފާހަގަކުރާ ބެލެނިވެރިވެރިންގެ މަހާ ގުޅިގެން ދެއްވި ވީޑިއޯ މެސެޖުގަ އެވެ.

އެކަމަނާ ވިދާޅުވީ ކުދިން ރަނގަޅު ގޮތުގައި ތަރުބިއްޔަތު ކުރުމަށްޓަކައި އެކުދިންނާ އެކީގައި އޮންނަ ގުޅުން ބަދަހިކުރަން ޖެހޭ ކަމަށެވެ. އަދި އެ ގުޅުން ބަދަހިކުރުމަށްޓަކައި އެކި އުމުރުފުރާގެ ކުދިންނާއެކު އެކި ގޮތްގޮތަށް މަސައްކަތް ކުރަންޖެހޭކަމުގެ މުހިއްމުކަމުގެ މައްޗަށް އަލިއަޅުވާލެއްވި އެވެ.

Advertisement
HDC — Sidebar (box)

ސާޖިދާ ވިދާޅުވި ގޮތުގައި ކުޑަ ކުއްޖަކާ ގުޅުން ބަދަހިކުރާނަމަ އެ ކުއްޖާއާ އެކީގައި އެކުއްޖާގެ އުމުރު ފުރާގެ ނުވަތަ ލެވެލްގެ އެކި ހަރަކާތްތަކުގައި ބައިވެރިވާން ޖެހޭކަމަށެވެ. އަދި ފުރާވަރަށް އަރައިގެން އަންނަ ކުއްޖާއަކީ މައިންބަފައިންގެ އެންމެ ގާތް ރަހުމަތްތެރިޔާގެ ގޮތުގައި ގެންގުޅެން ޖެހޭ ކަމަށެވެ.

ރައީސްގެ އަނބިކަނބަލުން ވަނީ ދަރިން ރަނގަޅުގޮތުގައި ތަރުބިއްޔަތުކުރުމަށް ބާރުއަޅުއްވައި، ކުދިން، ބެލެނިވެރިންނާއި މައިންބަފައިންނަށް ކުރާ އިތުބާރު އިތުރުކުރުވުމަށާއި އެ އިތުބާރު ދެމެހެއްޓުމަށް ބާރުއަޅުއްވާފަ އެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް