ޚަބަރު ރައްޔިތުންގެ މަޖިލިސް

ސިސްޓަމުން ބަޔާން ފުހެލިޔަސް އެކަން ކުރި ގަޑިއަކާއި އައިއޯއެއް ބެލޭނެ: ޝުޖާއު

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
މިއަދު ބޭއްވި ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން: ސީޕީ ޝުޖާއު ވިދާޅުވީ ބަޔާން ފުހެލި ނަމަވެސް އެކަން ބެލޭނެ ކަމަށް - ފޮޓޯ:މަޖިލިސް

ފުލުހުންގެ ތަހުގީގަށް ދޭ ބަޔާން ފުހެލި ނަމަވެސް އެކަން ބެލޭނެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވެއްޖެ އެވެ.

Ads by MWSC

މިއަދު ބޭއްވި ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ (241 ކޮމިޓީ) ގެ ބައްދަލުވުމުގައި ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ޝުޖާއު ވިދާޅުވީ ސިސްޓަމް ހެދިފައި އޮތް ގޮތުން ފުލުހުންނަށް ދޭ ބަޔާންތަކަށް ހުންނާނީ އެކަމަށް ތައްޔާރު ކުރެވިފައިވާ ސޮފްޓްވެއާއެއްގައި ރައްކާކުރެވިފައި ކަމަށެވެ.

241 ކޮމިޓީގައި އަޒާން އުފެއްދެވި ސުވާލަކީ ފުލުހުންގެ ތަހުގީގަށް ދޭ ބަޔާންތަކާއި ބަޔާންތައް ނެގުމަށްފަހު ސިސްޓަމުން ފުހެލުމުގެ ބާރު އެއްވެސް އައިއޯއަކަށް ނުވަތަ އެއްވެސް ގޮތަކަށް ބަޔާނަށް ބަދަލު ގެނެސް ގެއްލުވާލުމުގެ ފުރުސަތު މިހާރު ސިސްޓަމް ރޭވިފައިވާ ގޮތުން އޮންނާނެތޯ އެވެ.

ސިސްޓަމުން ބަޔާން ފުހެލި ނަމަވެސް އެކަން ބެލޭނެ އިންތިޒާމު ހަމަޖެހިފައިވާކަން ފާހަގަކޮށް އަޒާންގެ ސުވާލާ ގުޅިގެން ޝުޖާއު ވިދާޅުވެފައި ވަނީ އޮޑިޓެއް ހަދައިގެން ބަޔާން ފުހެލި ގަޑިއަކާއި އެ ގަޑީގައި ލޮގިން ވެފައިވާ އައިއޯއެއް އެނގޭނެ ކަމަށެވެ.

"ހުށަހެޅޭ މައްސަލަތަކުގެ ތެރޭގައި ފުލުހުންގެ މިސްކޮންޑަކްޓްގެ ތެރޭގައި ތިބާވަތުގެ ކަމެއް އަދި އަޅުގަނޑަށް އެނގިގެން ހިނގައިގެން މުވައްޒަފެއްގެ މައްސަލަ ނެތް ބެލިފައެއް،" ބަޔާން ފުހެލުމުގެ ފުރުސަތު ވަރަށް ކުޑަކަން ފާހަގަކޮށް ޝުޖާއު ވިދާޅުވި އެވެ.

ޝުޖާއު ވިދާޅުވި ގޮތުގައި އެފަދަ ކަންބޮޑުވުންތަކާ ގުޅިގެން ސިސްޓަމްގެ ތެރެއިން ކަންކަން އިތުރަށް ހަރުދަނާ ކުރުމަށް ރައްކާތެރިކަމުގެ ގޮތުން އެޅިފައިވާ ފިޔަވަޅުތަކަށް ކުރިއަށް އޮތް ތަނުގައި ވެސް ބަލާނެ ކަމުގަ އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!