Wednesday, 4 November 2026
Advertisement
STO — McCoy (leaderboard)
ކުޅިވަރު

ނެދަލެންޑްސްއަކީ ފެވަރިޓަކަށް ވިޔަސް ރުމޭނިއޭ ދޫ ނުދޭނެ: ކޯޗު

ނެދަލެންޑްސްއަކީ ފެވަރިޓަކަށް ވިޔަސް ރުމޭނިއޭ ދޫ ނުދޭނެ: ކޯޗު

ޔޫރޯ 2024 ގެ ނޮކްއައުޓް ބުރުގައި މިރޭ ނެދަލެންޑްސްއާއި ރުމޭނިއާ ބައްދަލުކުރާ މެޗުގެ ފޭވަރިޓުންނަކީ ނެދަލެންޑްސްކަމަށް ވިޔަސް ރުމޭނިއާއިން ދޫނެދޭނެކަމަށް އެ ޓީމުގެ ކޯޗު އެޑްވާޑް އިއޮޑަނެސްކޫ ބުނެފިއެވެ.

މިރޭގެ މެޗުގެ ކުރިން މީޑިއާއާ ވާހަކަދައްކަމުން އިއޮޑަނެސްކޫ ބުނީ ނެދަލެންޑްސްގައި ތިބީ ހުނަރުވެރި ކުޅުންތެރިންތަކެއްކަމަށް ވިޔަަސް ރުމޭނިއާއަކީ ވެސް ވަކީ ދެރަ ޓީމެއް ނޫންކަމަށެވެ.

އޭނާ ބުނީ ޔޫރޯ ފަދަ މުބާރާތެއްގެ ކޮންމެ މެޗަކީ ވެސް އުނދަގޫ މެޗަކަށް ވާނެކަމަށެވެ. ވަކިން ހާއްސަކޮށް ނޮކްއައުޓް ބުރުތައް ފަސޭހަ ނުވާނެކަމަށް އޭނާ ބުންޏެވެ.

Advertisement
Allied Insurance — Square (box)

އެހެންކަމުން މިރޭގެ މެޗު ވަކި ނެދަލެންޑްސްއަށް ފަސޭހަ ނުވާނެކަން، އެންމެ ފަހުން ނެދަލެންޑްސް އޮސްޓްރިއާއާ ކުޅުނު މެޗުން އެނގޭކަމަށް އިއޮޑަނެސްކޫ ބުންޏެވެ.

އޭނާ ބުނީ އެ މެޗުން ނެދަލެންޑްސް ބަލިވި ނަމަވެސް ހަމައެކަނި އެ މެޗަށް ވިސްނައިގެން އޭނާގެ ޓީމުން ނުނިކުންނާނެކަމަށެވެ. އެއަަށްވުރެ ބޮޑަށް އެ ޓީމު އޮތީ މެޗަށް ތައްޔާރަަށް ކަަމަށް ވެސް އޭނާ ބުންޏެވެ.

ނޮކްއައުޓް ބުރުގައި ރުމޭނިއާއާއި ނެދަލެންޑްސް ބައްދަލުކުރާ މެޗު ފަށާނީ ރާއްޖެ ގަޑިން މިރޭ 9:00 ގައެވެ. އެ މެޗުން މޮޅުވާ ޓީމަކަށް ކުއާޓާ ފަައިނަލުން ޖާގަ ލިބޭނެއެވެ. ކުއާޓާގައި މޮޅުވާ ޓީމެއް ވާދަކުރަން ޖެހޭނީ ތުރުކީއާއި އޮސްޓްރިއާ ބައްދަލުކުރާ ދެނަވަނަ ބުރުގެ މެޗުން މޮޅުވާ ޓީމަކާއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް