އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާއި ސައުދީ އަރަބިއްޔާގެ އިސްލާމިކް މިނިސްޓްރީ ގުޅިގެން ބާއްވާ އިސްލާމީ އަގީދާއާ ބެހޭ އިލްމީ ދެވަނަ ދައުރާގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ ދެވަނަ ދައުރާ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ޖުލައި 9 އަދި 10 ގައި އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި ކަމަށެވެ.
ސައުދީ އަރަބިއްޔާގެ އިސްލާމިކް މިނިސްޓްރީން ފޮނުވާ ދީނީ އިލްމުވެރިން ސެޝަންތައް ނަގައި ދިނުން މި ދައުރާ ކުރިއަށްދާނީ އަރަބި ބަހުންނެވެ.
މީގެ ފުރަތަމަ ދައުރާ ބާއްވާފައިވަނީ މެއި މަހުގަ އެވެ.
މިނިސްޓްރީން ބުނީ އެ ދައުރާގައިވެސް އެކި އުމުރުފުރާތަކުގެ ގިނަ އަދަދެއްގެ ބައިވެރިން ބައިވެރިވެފައިވާ ކަމަށެވެ.
Ads by Allied Insurance