ޚަބަރު އިޖުތިމާޢީ

އުރީދޫ ފަން ރަން ހަވީރު ހަތަރެއް ޖަހާއިރު، ލާމު އޮތީ ތައްޔާރަށް

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
ފަން ރަން - ލާމު އެޑިޝަން މާދަމާ ހަވީރު ހަތަރެއް ޖަހާއިރު ފަށަން އުރީދޫން ވަނީ ތައްޔާރުވެފައި - ފޮޓޯ:އުރީދޫ

އުރީދޫ މޯލްޑިވްސްގެ ފަރާތުން ބާއްވަމުން އަންނަ އެންމެ އުފާވެރި ދުވުން، "ފަން ރަން - ލާމު" އެޑިޝަން މިއަދު ހަވީރު ހަތަރެއް ޖަހާއިރު ފަށާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

Ads by Sosun Fihaara

އުރީދޫން ބުނީ މި ދުވުން ފަށަން ހަމަޖެހިފައި ވަނީ ލ. ގަން މުކުރިމަގު ޖެޓީ ސަރަހައްދުން ކަމަށާއި ދުވުން ފެށުމަށް ލައިންއަޕް ހަދަން 3:30 ގައި ފަށާނެ ކަމަށެވެ. ހަވީރު 4:00 އިން 6:00 އަށް ބާއްވާ މި ދުވުން ނިންމާލާނީ ދުވުން ފެށި ސަރަހައްދަށް، މުކުރިމަގު ޖެޓީއަށް ކަމަށް އުރީދޫން ބުނެ އެވެ.

އުރީދޫ ފަން ރަންއަކީ ކޮންމެ އަހަރަކު އުރީދޫން ބާއްވަމުން އަންނަ ހަރަކާތްތަކުގެ ތެރެއިން އާންމުންގެ މެދުގައި އެންމެ މަގުބޫލު އެއް ހަރަކާތެވެ. މިދިޔަ އަހަރު ހުޅުމާލޭގައި ކުރިއަށް ގެންދިޔަ މި ހަރަކާތުގައި 5،000 އަށް ވުރެ ގިނަ ބައިވެރިން ވަނީ ބައިވެރިވެފައި ކަމަށް އުރީދޫން ބުނެ އެވެ.

އުރީދޫން ބުނެފައި ވަނީ މިއީ މި އަހަރު ލާމު އަތޮޅުގައި ބާއްވާ އެންމެ ބޮޑު އަދި އެންމެ މަޖާ ހަރަކާތަށް ވާނެ ކަމަށެވެ. ހަ އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށް މި ދުވުމުގައި ބައިވެރިވެވޭއިރު، ތަފާތު ހަރަކާތްތަކެއް ހިމެނޭ ފަސް ކިލޯމީޓަރުގެ މި ކުރު ދުވުމަކީ އަލަށް ދުވާ ފަރާތްތަކަށާއި އާންމުކޮށް ދުވާ ފަރާތްތަކުން ވެސް ބައިވެރިވުމަށް މަޖާވާނެ ދުވުމެއް ކަމަށް އުރީދޫން ބުނެ އެވެ. އުރީދޫން ބުނި ގޮތުގައި ފަން ރަންގެ އަމާޒަކީ ދުޅަހެޔޮ ދިރިއުޅުމަކަށް ދުވުމަކީ މަޖާ އަދި އުފާވެރިކަން ގެނުވަދޭނެ ހަރަކާތެއްކަން އަންގައިދިނުން ކަމުގަ އެވެ.

އުރީދޫ ފަން ރަންގައި ކޮންމެ ކިލޯމީޓަރެއް ދުވެ ނިމުމުން، ބެހެއްޓިފައިވާ ސްޓޭޝަންތަކުގައި ކުލައިގެ އިތުރުން ފެން އަދި މަޖާ ހަރަކާތްތަކެއް ކުރިއަށްދާނެ އެވެ. އެއިން ކޮންމެ ސްޓޭޝަނެއްގެ ކައިރީގައި ފަސްޓް-އެއިޑްގެ ހިދުމަތް ލިބެން ހުންނާނެ އެވެ. މިއީ ވަކި ވަގުތެއްގެ ތެރޭގައި ނިންމަން ޖެހޭ ރޭހަކަށް ނުވާތީ ހިނގާފައި، ޖޮގްކޮށްފައި، ދުވެފައި ނޫނީ ނަށަމުން ވެސް މި ދުވުން ނިންމިދާނެ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!