Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
ވިޔަފާރި

މައްސަލަ ހައްލުކޮށް، މޯލްޑިވިއަންގެ ބޮޑު ބޯޓުގެ ދަތުރުތައް މިރޭ ފަށަނީ

މައްސަލަ ހައްލުކޮށް، މޯލްޑިވިއަންގެ ބޮޑު ބޯޓުގެ ދަތުރުތައް މިރޭ ފަށަނީ
ގައުމީ އެއާލައިން މޯލްޑިވިއަންގެ އެއާބަސް އޭ- 320 އެއާކްރާފްޓް ސާވިސްކުރުމަށްފަހު މިރޭ ދަތުރުތައް ފަށާނެ ކަމަށް އައިލެންޑް އޭވިއޭޝަން ސާވިސެސް އިން ބުނެފި އެވެ.

އެ ފްލައިޓަށް ޓެކްނިކަލް މައްސަލައެއް ދިމާވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރައިގެން އިންޑިއާއަށް ދަނިކޮށް، މިދިޔަ މަހުގެ 25 ގަ އެވެ. އެ ފްލައިޓު އަނބުރާ ވީއައިއޭއަށް ޖެއްސިއިރު އިއްޔެ އެ ބޯޓު ޑާކާއަށް ކުރަން އޮތް ދަތުރު ވަނީ އެ މައްސަލަ ހައްލު ނުވާތީ ކެންސަލް ކޮށްފަ އެވެ.

އައިލެންޑް އޭވިއޭޝަން އިން ބުނީ އެ ބޯޓު މަަރާމާތުކުރުމުގެ ކަންކަން ކުރީ މެލޭޝިއާގައި ކަމަށެވެ. އަދި މަރާމާތަށްފަހު މިއަދު މެންދުރުގެ ވަގުތެެއްގައި ރާއްޖެ އެނބުރި އައިސްފައިވާ ކަމަށެވެ. "ދިމާވި ކުޑަ ޓެކްނިކަލް މައްސަލައަކާ ގުޅިގެން އަދި ކުރިން ޝެޑިއުލްކޮށްފައިވާ އިންޖިނިއަރިން ސާވިސް ކުރުމަށްޓަކައި 2007 ވަނަ އަހަރުން ފެށިގެން އޭޝިއާގައި އެންމެ ފުޅާ ދާއިރާއެއްގައި ހިދުމަތް ދެމުން އަންނަ މެލޭޝިއާގެ ސެޕަންގް އިންޖިނިއަރިންގައި އެ އެއާކްރާފްޓު ވަނީ މަރާމާތުކޮށްފަ" އެ އެއާލައިނުން ބުންޏެވެ. އެ ކުންފުނިން ބުނި ގޮތުގައި އެ މަރާމާތަށް ފަހު ބޯޓުގެ ފުރަތަމަ ދަތުރު ޝެޑިއުލް ކުރެވިފައިވަނީ މިރޭ 9 ގައި ޑާކާ އަށެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް