Wednesday, 4 November 2026
Advertisement
MWSC — SmartMeter (leaderboard)
ކުޅިވަރު

ތުރުކީން މުބާރާތް ނިންމާލީ އިހުތިރާމާއި ލޯބި ހޯދައިގެން: މޮންޓެލާ

ތުރުކީން މުބާރާތް ނިންމާލީ އިހުތިރާމާއި ލޯބި ހޯދައިގެން: މޮންޓެލާ
ތުރުކީން ޔޫރޯ 2024 ނިންމާލީ ސަޕޯޓަރުންގެ އިހުތިރާމާއި ލޯބި ހޯދައިގެންކަމަށް އެ ޓީމުގެ ކޯޗު ވިންޗެންޒޯ މޮންޓެލާ ބުނެފިއެވެ. ޔޫރޯ ކުއާޓާ ފައިނަލުގައި ނެދަލެންޑްސްއާ ދެކޮޅަށް ކުޅެ ބަލިވި މެޗަށްފަހު މީޑިއާއާ ވާހަކަދައްކަމުން ވިންޗެންޒޯ ބުނީ އެ ޓީމުގެ ކުޅުމާމެދު އޭނާއާއި ސަޕޯޓަރުން ވަރަށް ހިތްހަމަޖެހޭކަމަށެވެ. ތުރުކީގެ ތާރީހުގައި އެ ޓީމަށް ޔޫރޯގެ ކުއާޓާ ފައިނަލަށް އަދި ދެވިފައިވަނީ އެންމެ ދެ އަހަރުއެވެ. އެއީ 2000 ވަނަ އަހަރު ކުޅުނު މުބާރާތާއި މިއަހަރުގެ މުބާރާތެވެ. އެހެންކަމުން ކޯޗު މޮންޓެލާ ބުނީ އޭނާ ކުޅުންތެރިންނާ މެދު އެއްވެސް ޝަކުވާއެއް ނެތްކަމަށެވެ. މި މުބާރަަތުން ކުރިމަގުގައި އެ ޓީމަށް ކާމިޔާބީ ހޯދޭނެކަން އެ އެނގިއްޖެކަމަަށް މެންޓެލާ ބުންޏެވެ.
އަހަރެންނަށް ހީވަނީ މި މުބާރާތަށް ފަހު އެހެން ނަޒަރަކީ ތުރުކީއަށް ބަލާނެކަމަށް. މިބުނީ އިހުތިރާމާއި ލޯތްބާއެކު ބަލާނެހެން ހީވަނީ: މޮންޓެލާ
މޮންޓެލާ ބުނީ އޭނާ ވިސްނަނީ ޓީމު ގޮވައިގެން ކުރިމަގުގައި ރަނގަޅު ނަތީޖާތަކެއް ނެރެންކަމަށެވެ. އެ ޓީމަކީ ޒުވާން ކުޅުންތެރިންތަކެއް ތިބި، ގައުމަށް ރީތިނަން ހޯދައިދޭން މަސައްކަތްކުރާ ކުޅުންތެރިތަކެއްތިބި ގަައުމެއްކަމަށް މޮންޓެލާ ބުންޏެވެ. އޭނާ ބުނީ ޓީމުގެ ކުޅުންތެރިންނަށް ސަޕޯޓަރުންގެ ފަރާތުން ވަރަށް ބޮޑު ހިތްވަރެއް ލިބުނު ކަމަށެވެ. ކޮންމެ މެޗަކަށް އެ ޓީމުގެ ގިނަ އަދަދެއްގެ ސަޕޯޓަރުންތަކެއް ވަދެ ޓީމަށް ހިތްވަރު ދީފައިވާކަމަށް ވެސް މޮންޓެލާ ބުންޏެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް